އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިކްޓްރީގެ މައްޗަށް މާޒިޔާއިން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި

ވިކްޓްރީގެ މައްޗަށް މާޒިޔާއިން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

 

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗު ތަފާތުބޮޑު ނަތީޖާއަކުން މާޒިޔާއިން ކާމިޔާބުކޮށްފިއެވެ.

ރޭކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 0-9 ލަނޑުންނެވެ.

ފުރަތަމަ ގޯލު އަސަދުﷲ ޢަބްދުﷲ 17 ވަނަ ސިކުންތުގައި ޖަހާފައިވާ އިރު، މިއީ ލީގުގައި މިހާތަނަށް ޖެހި އެންމެ އަވަސްލަނޑެވެ.

މާޒިޔާގެ ދެވަނަ ގޯލުވެސް ޖެހީ އަސަދުﷲ ޖެހި އިރު، މާޒިޔާގެ ތިން ވަނަ ގޯލާއި ފަސްވަނަ ގޯލު ޖަހއިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އަދި 4 ވަނަ ގޯލު ކޮނޭލިއަސް، ހަވަނަ ގޯލު އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ޖެހި އިރު، މާޒިޔާގެ ހަތްވަނަ ގޯލު ސްޓެވާޓް އެވެ.

އެޓީމުގެ 8 ވަނަ ލަނޑު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނާއިޒު ހަސަން (ދާދު) ޖެހި އިރު، 9 ވަނަ ގޯލު ޖެހީ ކޯނޭލިއަސް ސްޓެވާޓެވެ.

ލީގުގައި މިއަދު ހަވީރު ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ށ. ފޯކައިދޫ ފުޓްބޯލް ކްލަބެވެ. މިރޭ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް