އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލެވިސްތާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ސޮނެވާ

ލެވިސްތާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ސޮނެވާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

 

ލެވިސްތާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ސޮނެވާފުށި ދަތުރުކޮށްފިއެވެ.

އެޓީމުން ފައިނަލަށް ދިޔައީ އިއްޔެކުޅުނު ސެމީގެ ފުރަތަމަ މެޗުގައި އަނަންތަރާ ކިހަވައް ވިލާސްގެ މައްޗަށް 2 ލަނޑު 1 ލަނޑުން ކުރިހޯދައިގެންނެވެ.

މި މެޗުގައި ސޮނެވާފުށީގެ ލަނޑުތައް ޖަހައިދިނީ ޢަބްދުލްމަޖީދު (މަޖިއްޓޭ) އާއި އާދަމް ނިޒާމް (ކިތުނާ) އެވެ.

އަނަންތަރާގެ ހަމައެކަނި ލަނޑު ޖެހީ އަހްމަދު ހުމައިދު އެވެ.

އޭދަފުށީ ޓާރފު ދަނޑުގައި ކުޅުނު މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ސޮނެވާގެ އާދަމް އާޒިމް (ކިތުނާ)އެވެ.

މި މުބާރާތުގައި މިއަދު ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އަމިއްލަފުއްޓާއި ރޯޔަލް އައިލެންޑް ރިސޯޓެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއި އިއްޔެގެ މެޗުން ބަލިވި އަނަންތަރާ އާއިބައްދަލުކޮށް މޮޅުވާ ޓީމަކަށެވެ.

ތިންވަނަ ސެމީ އޮންނާނީ އަންނަ ބުދަ ދުވަހުއެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް