އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު
ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖޭގެ ފުރަތަމަ މެޑެލް ހޯދައިފިއެވެ.
މި މެޑަލް ހޯދީ އޭޝިއާ ބައްރުގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސް އިންޓަރނޭޝަނަލް ފުރަތަމަ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމެވެ.
މަދު ދުވަސްކޮޅެއްގެ ޕްރެކްޓިސް އާއެކު ދިޔަ މި ޓީމުގައި 8 ކުޅުންތެރިން ހިމެނޭ އިރު، ގިނަ ކުޅުންތެރިންނަކީ މުޅިން އަލަށް ފުޓްބޯޅަ ކުޅުނު ކުދިންނެވެ.'
ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު ފުރަތަމަ މެޗު ވަނީ އެއްވަރުކޮށްފައެވެ. އަދި އެހެން ޓީމުތަކާއެކު ކުޅނު މެޗުތަކުގައިވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މި މުބާރާތުގައި އަންހެން ޓީމެއްވެސް ބައިވެރިވެ، ރަނގަޅު ކުޅުމެއް އަންނަނީ ދައްކަމުންނެވެ.
Advertisement
6 އޮގަސްޓް 2019