އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު
ފޯރސީޒަން މޯލްޑިވްސްގެ ސާރފިންގ ޗެމްޕިއަންޝިޕް މިއަދު ފަށާނެކަމަށް އެ ރިސޯޓުން ބުނެފިއެވެ.
އެ ރިސޯޓުން ބުނީ 9 ވަނަ ފޯރ ސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންސް ޓްރޮފީ މިއަދުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އަދި މިއަހަރުގެ މުބާރާތުގައި 6 ރާޅާ އެޅުންތެރިން ވާދަކުރާނެ ކަމަށެވެ.
އޭގެތެރޭގައި ދުނިޔޭގެ އެކި މުބާރާތްތަކުގެ ޗެމްޕިއަނުން ހިމެނޭ އިރު، އޮސްޓޭލިއާގެ ޖޯއެލް ޕާކިންސަން، ހަވާއީގެ ކާއީ ލެނީ އާއި ބްރެޒިލްގެ ވިގަލީ ޑެންޓާސް އާއި އޮސްޓޭލިއާގެ މެޓް ވިލްކިންސަން އަދި މި މުބާރާތުގެ އެންމެ ފަހު ޗެމްޕިއަން އޮސްޓޭލިއާގެ ޖޯޝް ކާރ ވާދަކުރާނެކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ރާއްޖޭގައި ބޭއްވި ރާޅާ އެޅުމުގެ މުބާރާތްތަކުން ގިނަ ކާމިޔާބީތައް ހޯދައިފައިވާ ރާއްޖޭގެ މަޝްހޫރު ރާޅާ އެޅުންތެރިޔާ މުހައްމަދު ފަޔާޒް (ޕެލޭ) ވެސް ވާދަކުރާ ކަމަށް އެ ރިސޯޓުން ބުނެއެވެ.
ކުޑަހުރާ ރިސޯޓް ކައިރީ އޮންނަ ރާޅާއަޅާ ޕޮއިންޓުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ތިން ޑިވިޝަނެއް ހިމެނޭއިރު، އެއްވަނަ ހޯދާ ފަރާތަކަށް 25,000 ޑޮލަރުގެ އަގުހުރި ފައިސާގެ އިނާމެއް ލިބެއެވެ.
Advertisement
6 އޮގަސްޓް 2019