އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު
ނެޝަނަލް ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް ނިމިއްޖެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މި މުބާރާތް ބާއްވަފައިވަނީ ދަރުބާރުގޭ ފާށަނާ މާލަމްގައެވެ.
މި އަހަރުގެ މުބާރާތުގައި 128 ބައިވެރިން ވާދަކޮށްފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ 88 ފިރިހެން ކުދިންނާއި 40 އަންހެން ކުދިންނެވެ.
މި މުބާރާތުގައި 16 އަހަރުން ދަށް، 12 އަހަރުން ދަށް، 10 އަހަރުން ދަށް، 8 އަހަރުން ދަށުގެ ޢުމުރުފުރާ ވަނީ ހިމަނާފައެވެ.
މި ޢުމުރުފުރާތަކުގެ ތެރެއިން އެންމެ ގިނަ ކުދިން ބައިވެރިވެފައިވަނީ 10 އަހަރުން ދަށުގެ ބައިގަ އާއި 8 އަހަރުން ދަށުގެ ބައިގައި ކަމަށް ޗެސް އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.
މި މުބާރާތަކީ މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިޔަށްގެންދިޔައީ އޮގަސްޓް މަހުގެ 3 އިން 7 ގެ ނިޔަލަށެވެ.
Advertisement
8 އޮގަސްޓް 2019