އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޕެޝަލް އޮލިމްކްސް އިންޓަރނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ޓީމުތަކަށް ހޫނު މަރުޙަބާއެއް ކިޔައިފި

ސްޕެޝަލް އޮލިމްކްސް އިންޓަރނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ޓީމުތަކަށް ހޫނު މަރުޙަބާއެއް ކިޔައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ސްޕެޝަލް އޮލިމްކްސް އިންޓަރނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ޓީމުތައް ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އޭޝިއާ ބައްރުގައި ފުރަތަމަ ފަހަރަށް ބޭއްވި ފުރަތަމަ މުބާރާތުގައި ރާއްޖޭގެ ފަރާތުން އަންހެން އަދި ފިރިހެން ފުޓުބޯޅަ ޓީމެއް ވަނީ ބައިވެރިކޮށްފައެވެ.

އިންޑިއާގެ ޗެންނާއީގައި މި މަހުގެ 3 ން 6 ވަނަ ދުވަހަށް ބޭއްވި މި މުބާރާތުގައި 15 އަށް ވުރެ ގިނަ ޤައުމުން 250 އަށްވުރެ ގިނަ ސްޕެޝަލް އެތުލީޓުން ވާދަކުރިއެވެ.

ބައިނަލްއަޤުވާމީ ފުޓުބޯޅަ މުބާރާތެއްގައި ރާއްޖޭގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންތަކެއް ރާއްޖެ ތަމްސީލުކޮށް ފުރަތަމަ ފަހަރުވެސް އެކުދިން ވަނީ ދުނިޔޭގެ ޤައުމުތަކުގެ ލޮލުގައި އަޅައިގެންފައެވެ.

މި މުބާރާތުގައި ވާދަކުރި ފިރިހެން ޓީމު ރަޝިޔާ، ޖަރުމަނު އަދި އޮސްޓްރޭލިއާ ފަދަ ޤައުމުތަކާ ވާދަކޮށް އެ ކެޓަގަރީން ވަނީ ލޯ މެޑަލް ހޯދާފައެވެ.

ޤައުމީ އެއަރ ލައިން މޯލްޑިވިއަންގެ ފްލައިޓުގައި އެކުދިން ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީގައި ޔޫތު މިނިސްޓްރީގެ އިސްވެރިންނާއި ސްޕޯޓްސް ކޯޕަރޭޝަނުގެ އިސްވެރިންނާއި އެތުލީޓުންގެ ޢާއިލާތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ޓީމަށް މަރުހަބާ ކިޔަން ތިއްބެވެ.

ރާއްޖޭގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ފަހަކަށް އައިސް ބައިނަލްއަޤުވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ނަތީޖާ ހޯދަމުން އަންނަ އިރު، ނިމިގެން ދިޔަ އައިއޯއައިޖީގައި ރާއްޖޭގެ މާޒިން ވަނީ ލޯފަން މީހުންގެ ކެޓަގަރީ 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް