އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލެވިސްތާ ކަޕް ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފި

ލެވިސްތާ ކަޕް ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

 

ލެވިސްތާ ކަޕް ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ.

ބ. އޭދަފުށީގައި އަޟްހާ ޢީދުގެ ބަންދާއިދިމާކޮށް ފެށި މުބާރާތުގެ ފުރަތަމަ މެޗު ޔުނައިޓެޑް ވީ އާވާދަކޮށް 0-2 ލަނޑުން ކާމިޔާބުކުރީ ސައިނޯސާއެވެ.

އޭދަފުށި ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި އެއްވަވަރުގެ ކުޅުމެއް ފެނިގެން ދިޔަ އިރު، ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސައިނޯސާއިންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި ޖެހީ އިޝާން އިބްރާހިމް (ސައްޓު)އެވެ.

މި ލަނޑާއެކު ޔުނއިޓެޑް ވީގެ ކުޅުން ވަރުގަދަކޮށް، ސައިނޯސާގެ ގޯލަށް ނުރައްކާކުރަން ފެށިނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައިނޯސާއިން ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. މި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި މުޙައްމަދު އުމައިރުއެވެ.

ދެވަނަ ހާފު ފަށައިގެން ޔުނައިޓެޑް ވީ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުނަމަވެސް، އެޓީމުން  ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، ސައިނޯސާއިން ނަތީޖާ އިތުރަށް ފުޅާކުރުމަށްވެސް ވަނީ ފުރުޞަތުތަކެއްލިބި ބޭނުންހިފޭގޮތް ވަނީ ނުވެފައެވެ.

ޚާއްސަކޮށް އަލީ އަޝްފާގް (ދަނގަޑޭ) އާއި އިޝާން އިބްރާހިމް (ސައްޓު)އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މި ފަހަރުގެ މުބާރާތުގައި ހަ ޓީމު ވާދަކުރެއެވެ. މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ އެމް.އޭ ޔުނައިޓެޑާއި ހުސް ސޮގުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް