އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއާއެކު އެކުވެރިކަމުގެ ވޮލީ މެޗުތައް ކުޅުމަށް ލަންކާގެ ވޮލީ ޓީމު ރާއްޖެ އަތުވެއްޖެ

ރާއްޖެއާއެކު އެކުވެރިކަމުގެ ވޮލީ މެޗުތައް ކުޅުމަށް ލަންކާގެ ވޮލީ ޓީމު ރާއްޖެ އަތުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ރާއްޖެއާއެކު އެކުވެރިކަމުގެ ވޮލީ މެޗުތައް ކުޅުމަށް ލަންކާގެ ވޮލީ ޓީމު ރާއްޖެ އަތުވެއްޖެއެވެ.

މިއީ އޭޝިއަން ވޮލީބޯޅަ ކޮންފެޑެރޭޝަން (އޭވީސީ) ގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތައް ތައްޔާރުވާ ޤައުމީ ވޮލީބޯޅަ ޓީމާއެކު ކުޅޭ އެކުވެރިކަމުގެ މެޗުތަކެކެވެ.

ލަންކާ ވޮލީ ޓީމުގެ މިދަތުރުގައި 3 މެޗު ކުޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން މެޗުތައް ކުޅުމަށް ނިންމާފައިވަނީ މިމަހުގެ 12، 13 އަދި 14 ވަނަ ދުވަހު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ.

މީގެ ތެރެއިން އެންމެ ޚާއްޞަ މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުގެރެއެެވ. މި މެޗު ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ޤައުމީ ވޮލީ ޓީމާއި ލަންކާގެ ޤައުމީ ވޮލީ ޓީމު ކުޅޭ މި މެޗުތަކަށް ސަޕޯޓު ކުރުމަށް ވ. އަދި ކ. އަތޮޅުން މީހުން ގެނައުމަށް ވަނީ ނިންމާފައެވެ. އަދި ޕޮލިހާއި އެމްއެންޑީއެފް އިންވެސް މި މެޗު ފޯރިގަދަކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވެއެވެ.

މި މެޗުތައް ބެލުމަށް ވީހާވެސް ގިނަ ދިވެހިން ދިއުމަށް ޔޫތް މިނިސްޓަރ އަހްމަދު މަޚްލޫފް އެދިވަޑައިގެންފައިވާ އިރު، ވޮލީބޯޅައިގެ ފޯރި އަލުން ފެށުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށްވެސް މިނިސްޓަރ ވަނީ އެދިވޑައިގެންފައެވެ.

ސްރީލަންކާގެ ޤައުމީ ވޮލީ ޓީމުގެ މި ދަތުރަކީ ރާއްޖޭގެ ޔޫތް މިނިސްޓަރ އަހްމަދު މަޚްލޫފުގެ ދަޢުވަތަކަށް ކުރާ ދަތުރެކެވެ.

މިއީ ނޭޕާލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ޤައުމީ ޓީމަށް ވާދަވެރި މެޗުތަކެއް ކުޅުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން މަހުލޫފް ހޯއްދަވައިދެއްވި ފުރުސަތެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް