އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިލްބާއޯ އަތުން ބާސާއަށް ހިތި ނިމުމެއް..

ބިލްބާއޯ އަތުން ބާސާއަށް ހިތި ނިމުމެއް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

 

ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި އެތްލެޓިކް ބިލްބާއޯ އަތުން ވަރުގަދަ ބާސެލޯނާއަށް ހިތްދަތިގޮތަކަށް ބަލިވެއްޖެއެވެ.

ބިލްބާއޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ބިލްބާއޯ އިން ކާމިޔާބުކުރީ 0-1 ލަނޑުންނެވެ.

މުޅިމެޗުގައިވެސް ބިލްބާއޯއިން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، ބާސާއިންވެސް ވަނީ އެމީހުންގެ އެޓޭކުތައް އިދިކޮޅު ޓީމަށް އަމާޒުކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭގޮތްވަނީ ނުވެފައެވެ.

އަނިޔާގެ ސަބަބުން ބާސާގެ ފޯވަރޑް ސުއަރޭޒް ވަނީ ފުރަތަމަ ހާފުގައި ބަދަލުކޮށްފައެވެ. އަދި އޭނާގެ ބަދަލުގައި ކުޅެން ނުކުތްރަފީންޔާ ވަނީ ފާހަގަކޮށްލެވޭފަދަ ކުޅުމެއް ދައްކާފައެވެ.

ބާސާ ބަލިވި ލަނޑު 89 ވަނަ މިނެޓުގައި ޖެހީ ތަޖުރިބާކާރު ފޯވަރޑް އަރިޓްޒް އަޑޫރީޒްއެވެ.

ރޭގެ މެޗުން ބާސާ ބަލިވިއިރު މިއީ 2008 ވަނަ އަހަރަށްފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބާސާ ބަލިވި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގައި ބާސާގެ ކެޕްޓަން ލިއޮނަލް މެސީއަށް އަނިޔާވެފައިވާތީ ނުކުޅެއެވެ. ނަމަވެސް މިފަހަރުގެ ޓްރާންސްފރގައި އެޓީމަށް ގެނައި އެތްލެޓިކޯ މެޑްރިޑްގެ ފޯވަރޑް އެންޓޮއިން ގްރިޒްމަން ވަނީ ކުޅެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް