އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެފަހުގެ ޗެމްޕިއަން ބަލިކޮށް ފެޒް ޕްރެޒިޑެންޓް ވޮލީ ކަޕްގެ ތަށި ޖުވައިނަލް ހޯދައިފި

އެންމެފަހުގެ ޗެމްޕިއަން ބަލިކޮށް ފެޒް ޕްރެޒިޑެންޓް ވޮލީ ކަޕްގެ ތަށި ޖުވައިނަލް ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ފ. ފީއަލީގައި ކޮންމެއަހަރެއްގެވެސް އަޟްހާ އީދާއިދިމާކޮށް ބާއްވަމުން އަންނަ ފެޒް ޕްރެޒިޑެންޓް ވޮލީ ކަޕްގެ ތަށި އެންމެފަހުގެ ޗެމްޕިއަން ބަލިކޮށް ޖުވައިނަލް ހޯދައިފިއެވެ.

ފައިނަލު މެޗުގައި ފޯރިގަދަ ކުޅުމެއް ފެނުނު އިރު، އެންމެފަހުގެ ޗެމްޕިއަން ކުލަބް ރޯޔަލްގެ މައްޗަށް ޖުވައިނަލް އިން ކުރި ހޯދީ 3 ސެޓު 2 ސެޓުންނެވެ.

ފައިނަލް މެޗު ޝަރަފުވެރިކޮށްދިނީ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމުގެ ރައީސް އަޙްމަދު ޒާހިރު އެވެ.

ފީއަލީގެ އެކުވެރި ޒުވާނުން (ފެޒް) ގެ ރައީސުންގެ ނަމުގައި ބާއްވަމުން އަންނަ މުބާރާތް މިއަހަރު ބާއްވާފައިވަނީ އެހެން އަހަރުތަކާ ޚިލާފަށް މުޅި ފާފު އަތޮޅަށް ހުޅުވާލައިގެންނެވެ.

މި މުބާރާތަކީ ރާއްޖޭގެ ފުރަތަމަ ޑިވިޜަނުގެ މަޝްހޫރު ކުޅުންތެރިންނާއި އިންޓަރނޭޝަނަލް ކުޅުންތެރިންވެސް ކުޅެމުންއަންނަ މުބާރާތެކެވެ.

މުބާރާތުގެ އެންމެ ކުޅުންތެރިޔަކަށް ކުލަބް ރޯޔަލްގެ އަޒީމް އަޙްމަދު ހޮވުނު އިރު، 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖުވެނައިލް ޓީމުގެ ނާއިފް އިބްރާހީމްއެވެ.

އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔާގެ މަޤާމަށް އަލް ވަތަނީ ޓީމުގެ މުސާ ފަތުހީއަށް ލިބުނު އިރު، މިފަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކުލަބް ރޯޔަލްގެ މައުމޫން އިބްރާހީމްއެވެ.

މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000ރ ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް