އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެމަނަފުށި ކައުންސިލް ފުޓްސަލް މުބާރާތް އެފްސީ ޗިކޮސް ކާމިޔާބުކޮށްފި

ގެމަނަފުށި ކައުންސިލް ފުޓްސަލް މުބާރާތް އެފްސީ ޗިކޮސް ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

 

ގއ. ގެމަނަފުށި ކައުންސިލް ފުޓްސަލް މުބާރާތް އެފްސީ ޗިކޮސް ކާމިޔާބުކޮށްފިއެވެ.

މިއީ އެ ކައުންސިލުން އިންތިޒާމުކޮށްގެން 5 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔަ މުބާރާތެކެވެ.

މި މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ އެންއެސް ރޯމާ އެވެ. ފެއާރ ޕްލޭ ޓީމަކީ އެފްސީ ގެމަލޭންޑެވެ.

ޒުވާނުންނަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އެންއެސް ރޯމާގެ އަލީ ޝާޒް އެވެ. އަދި އެންމެ ރަނގަޅު ކޯޗަކަށް ހޮވިފައިވަނީ އެފްސީ ޗިކޮސްގެ މުހައްމަދު ޖަޒްލާނެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އެންއެސް ރޯމާގެ ޢަބްދުﷲ ޒިހުނީ އާއި ޢަލީ ޝާޒް އާއި އެފްސީ ޗިކޮސްގެ ޖަމްޝާދް ރާމިޒް އާއި އުޝާމް ފާއިޒް އާއި އެފްސީ 32 ގެ އިބްރާހިމް މުހައްމަދެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ކައުންސިލުގެ ފަރާތުން 25000 ރުފިޔާ ވަނީ ދީފައެވެ. އަދި ރަނަރަޕް ޓީމަށް ދީފައި ވަނީ 10000 ރުފިޔާއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް