އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންކަމަށްވާ ބިންމާ ޢަބްދުﷲ ވަހީދާއި ޢަލީ ޝަމީމް (ކޮޔަރޭ)ގެ ލަނޑުން ގްލޯބަލް ވެޓެރަން ފުޓްބޯޅަ މުބާރާތް ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.
މެލޭޝިއާގައި ބޭއްވި މި މުބާރާތުގައި ރާއްޖޭގެ ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓީމު ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ.
އެގޮތުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިންމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އިންޑިއާ އަތުން 1-0 އިން މޮޅުވި އިރު، ދެވަނަ މެޗުން އިންޑޮނޭޝިއާ އަތުންވެސް މޮޅުވީ 1-0 ންނެވެ. އަދި ތިންވަނަ މެޗުގައި ސައުތު އެފްރިކާ ކޮޅަށް ވަނީ 0-7 ގެ ތަފާތު ބޮޑު ނަތީޖާއެއް ދައްކާފައެވެ.
ސެމީ ފައިނަލުގައި 0-3 ލަނޑުން ސްރީލަންކާ ބަލިކުރި އިރު، މި މެޗުގައި މުޚުތާރު ނަސީރު (ޓޫކިލޯ) ވަނީ 2 ގޯލު ޖަހާފައެވެ. އަދި ޢަލީ ޝަމީމް (ކޮޔަރޭ) ވަނީ އެއްގޯލު ޖަހާފައެވެ.
ފައިނަލުގައި ބައްދަލުކުރީ އިންޑޮނޭޝިއާ އެވެ. މިމެޗު ކާމިޔާބުކުރީ 2-0 ންނެވެ.
Advertisement
19 އޮގަސްޓް 2019