އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ހިނގައްޖެ

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ހިނގައްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

އޭވީސީ މެންސް ސީނިއާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދިވެހިރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ހިނގައްޖެއެވެ.

އެޓީމު ސެމީއަށް ދިޔައީ މިއަދު ހަވީރު ކުޅުނު މެޗުގައި ނޭޕާލުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ގްރޫޕް ސްޓޭޖު ފަހު މެޗުގައި ނޭޕާލް އަތުން ސީދާ ތިން ސެޓުން ރާއްޖެ މޮޅުވި އިރު، ސެޓުތައް ގެންދިޔައީ 22-25، 21-25 އަދި 14-25 ންނެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުން ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު، ފުރަތަމަ ދެސެޓު ވާދަވެރިކޮށް ދިޔަނަމަވެސް ފަހުސެޓު ރާއްޖެ ގެންދިޔައީ ފަސޭހަކަމާއެކުއެވެ.

ސެމީފައިނަލު މެޗު އޮންނާނީ މާދަމާއެވެ. ބައްދަލުކުރަން ޖެހޭނީ އުޒްބެކިސްތާނާއެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ވަނީ ބަލިވެފައެވެ. އެހެންކަމުން ރާއްޖެ ސެމީއަށް ދަތުރުކުރީ ދެވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ކިރްގިސްތާނެވެ.

ނޭޕާލް ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާތީ އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ. 

ސެމީ ފައިނަލް މެޗުގައި މާދަމާ ރާއްޖެ ނުކުންނާނީ ވަރުގަދަ އުޒްބެކިސްތާނާ ދެކޮޅަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް