އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސާރބިއާގެ ކުޅިވަރާއިބެހޭ ވަޒީރު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ

ސާރބިއާގެ ކުޅިވަރާއިބެހޭ ވަޒީރު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ސާރބިއާގެ ކުޅިވަރާއިބެހޭ ވަޒީރު ވެންހާ ޑޮވިސިޗް ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

އެކަން ހާމަކުރެއްވީ ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓް އަހުމަދު މަޚްލޫފް އެވެ.

ވީޓީވީގައި ވާހަކަ ދައްކަވަމުން މަޚްލޫފް ވިދާޅުވީ ސާރބިއާގެ ސްޕޯޓްސް މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހު ކަމަށެވެ. މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއް ހަދާނެކަމަށެވެ.

ސާރބިއާއަކީ ވޮލީބޯޅަ، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ޓެނިސް އަދި ވޯޓަރ ޕޯލޯގައި ފާހަގަކޮށްލެވޭ ޤައުމަކަށްވާ އިރު، އެޤައުމުން އަންނަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް ގިނަ އެހީތަކެއް ވަމުންނެވެ.

އެގޮތުން މިއަހަރުގެ ފަހުކޮޅު އެޤައުމުގެ ޓެނިސް ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސާރބިއާގެ ލޯންގ ޖަމްޕް އެތުލީޓެއް ކަމަށްވާ އިވާނާވެސް ތަމްރީނު ހެދުމަށް މިއަހަރުގެ ތެރޭގައި ރާއްޖެ އައުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ވަނީ ސާރބިއާގައި ޓްރެއިނިންގ ކޭމްޕެއްވެސް ފުރިހަމަ ކޮށްފައެވެ. މިއީ ރާއްޖޭގެ ގައުމީ ޓީމެއް ޔޫރަޕުގެ ގައުމެއްގައި ކޭމްޕްކުރި ފުރަތަމަ ފަހަރެވެ.

ސާރބިއާގެ ސްޕޯޓްސް މިނިސްޓަރު ވެންހާ ޑޮވިސިޗް އަކީ ވޯޓަރ ޕޯލޯގައި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވުނު އެންމެ މޮޅު އެއް އެތުލީޓެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް