އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރލްޑް ބެޑްމިންޓަން ޗެމްޕިއަންޝިޕް އިންޑިއާގެ ސިންދޫ ކާމިޔާބުކޮށްފި

ވަރލްޑް ބެޑްމިންޓަން ޗެމްޕިއަންޝިޕް އިންޑިއާގެ ސިންދޫ ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ވަރލްޑް ބެޑްމިންޓަން ޗެމްޕިއަންޝިޕް އިންޑިއާގެ ސިންދޫ ކާމިޔާބުކޮށްފިއެވެ.

އޭނާ މި އިވެންޓު ކާމިޔާބުކުރީ ޖަޕާނުގެ ނޮޒޮމީ ސީދާ ދެސެޓުން ބަލިކޮށްފައެވެ. މެޗުގެ ސެޓުތައް ސިންދޫ ގެންދިޔައީ 21-7 އަދި 21-7 އިންނެވެ.

2013 ވަނަ އަހަރުގެ ބެޑްމިންޓަން ވަރލްޑް ޗެމްޕިއަންޝިޕްގައި ލޯ މެޑަލް އަދި 2017 އާއި 2018 ވަނަ އަހަރު އެ މުބާރާތުގެ ރިހި މެޑަލް ހޯދާފައިވާ ސިންދޫ ބެޑްމިންޓަންގައި ވިދާލީ ޢުމުރުން އެންމެ 12 އަހަރުގައެވެ.

2016 ވަނަ އަހަރުގެ އޮލިމްޕިކްސް އަދި 2018 އަހަރުގެ އޭޝިއަން ގޭމްސްގައި ރިހި މެޑަލް ހޯދި، ސިންދޫ ވަނީ އިންޑިއާގައި ކުޅިވަރުންދޭ އެންމެ މަތީ ޝަރަފް ކަމަށްވާ ރަޖީވް ގާނދީ އެވޯޑް 2015 ވަނަ އަހަރު ހޯދާފައެވެ. އަދި މަދަނީ ގޮތުން ހަތަރުވަނައަށްދޭ އެންމެ މަތީ ޝަރަފް ޕަދްމާ ޝްރީ 2016 ވަނަ އަހަރު ހޯދާފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް