އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑޭވިޑް ބާސްކެޓްބޯޅަ ކުލަބުން ބޭއްވި ބާސްކެޓް ބޯޅަ މުބާރާތް ނިންމާލައިފި

ޑޭވިޑް ބާސްކެޓްބޯޅަ ކުލަބުން ބޭއްވި ބާސްކެޓް ބޯޅަ މުބާރާތް ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ޑޭވިޑް ބާސްކެޓްބޯޅަ ކުލަބުން ބޭއްވި ބާސްކެޓް ބޯޅަ މުބާރާތް ނިންމާލައިފިއެވެ.

 

މިއީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ބާސްކެޓްބޯޅަ އެކަޑަމީ ކަމަށްވާ ޑޭވިޑް ބާސްކެޓްބޯޅަ ކުލަބުން އިންތިޒާމުކޮށްގެން ބޭއްވި އެ އެކަޑަމީގެ މިއަހަރުގެ ފުރަތަމަ މުބާރާތެވެ.

 

170 އަށްވުރެ ގިނަ ކުދިންނާއެކު މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ 8 އަހަރުން ދަށާއި 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ޢުމުރުފުރާއަށް ބަހާލައިގެންނެވެ.

 

މުބާރާތުގެ 8 އަހަރުން ދަށުގައި އަންހެން އަދި ފިރިހެން އެއްކޮށްގެން ކުޅޫނު އިރު، މި ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބްލޫ ޝާކްސް އެވެ. އަދި 12 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ރެޑް އީގަލްސް ހޯދިއިރު ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބްލޫ ޝާކްސް އެވެ.

 

މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ގްރީން ޑްރެގަންސްއެވެ. އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޔެލޯ ލެޕަޑް އެވެ.

 

މުބާރާތުގެ ޗެމްޕިއަން ޓީމުގެ އިތުރުން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން 5 ކުޅުންތެރިން ހޮވާ، ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ބީއެޗްއެމް ޓްރޭޑަރސްގެ ޑެޕިއުޓީ މެނޭޖަރު އިބްރާހިމް ނަބްހާން ނައީމް އެވެ.

 

މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ ބީއެޗްއެމް ޓްރޭޑަރސްގެ ބޮޑު އެހީތެރިކަމަކާއެކުގައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް