އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރަތަމަ ދުވަހުގެ މެޗްތައް އެން.ވައި.ޖީ، އެސް.ޖީ.ސީ ޖޫނިއަރ އަދި ފަހުލަވާނަށް،

ފުރަތަމަ ދުވަހުގެ މެޗްތައް އެން.ވައި.ޖީ، އެސް.ޖީ.ސީ ޖޫނިއަރ އަދި ފަހުލަވާނަށް،


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

 

ރަށްވެހި ގްރޫޕުން އިސްނަގައިގެން ޖަމްޢިއްޔަތުއްޝަބާބު ނިލަންދޫއާއި ނިލަންދޫ އިޖްތިމާޢީ މަރުކަޒު ގުޅިގެން ބާއްވާ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗްތައް ނިލަންދޫ ޔަންގް ޖެނެރޭޝަން (އެން.ވައި.ޖީ)، އެސް.ޖީ.ސީ ޖޫނިއަރ އަދި ސްޕޯރޓްސް ކްލަބް ފަހުލަވާނުން ކާމިޔާބުކޮށްފިއެވެ. ނިލަންދޫ ފުޓްސަލް ދަނޑުގައި މިއަދު ފެށި މިމުބާރާތް ޝަރަފްވެރިކޮށްދެއްވީ ނިލަންދޫ އިޖްތިމާޢީ މަރުކަޒު ހިންގުމާއި ޙަވާލުވެ ހުންނެވި ޔޫތު އެސޯސިއޭޓް މުޙައްމަދު ޚަލީލް އާއި 80 ގެ އަހަރުތަކުގެ ތެރޭގައި ނިލަންދޫ ފުޓްބޯޅަ ޓީމުގައި ހިމެނި މޮޅުކުޅުމެއް ދައްކާފައިވާ މިއަދު އިސްރައްވެއްސެއް ގޮތުގައި ހިމެނޭ ޙަސަން މޫސާއެވެ.

6 ޓީމަކުން ވާދަކުރާ މުބާރާތުގެ ފުރަތަމަ މެޗްގައި އެން.ވައި.ޖީއާއި ފްލައިންގ ސިޓީ ވާދަކޮށް 9 ލަނޑު 1 ލަނޑުން މެޗް ކާމިޔާބު ކުރީ އެން.ވައި.ޖީ އެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެން.ވައި.ޖީއަށް 5 ލަނޑު ކާމިޔާބުކޮށްދިން އެޓީމުގެ ޖާޒީ ނަމްބަރު 10 މުޞްލިޙު މޫސާއެވެ. 2 ވަނަ މެޗްގައި އެސް.ޖީ.ސީ ޖޫނިއަރސް އާއި ޔޮކަހާމާ އެފް.ސީ ވާދަކޮށް 2 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކުރީ އެސް.ޖީ.ސީ ޖޫނިއާރސް އެވެ.

5މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސް.ޖީ.ސީ ޖޫނިއަރސްގެ 2 ގޯލްވެސް ކާމިޔާބުކޮށްދިން ޖާރޒީ ނަމްބަރ 9 ފައުޒާން މޫސާއެވެ. މިއަދުގެ ފަހު މެޗްގައި ސްޕޯރޓްސް ކްލަބް ފަހުލަވާން އާއި އެސް.ޖީ.ސީ ވާދަކޮށް 4 ލަނޑު 1 ލަނޑުން މެޗް ކާމިޔާބުކުރީ ފަހުލަވާނެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފަހުލަވާނުގައި ހިމެނޭ ބިލެތްދޫ ކުޅުންތެރިއެއް ކަމަށްވާ ޖާރޒީ ނަމްބަރ 9 މުޙައްމަދު އީވާން އެވެ. ސެމިސްޓްރަ ބްރޭކާއި ދިމާކޮށް ކުރިޔަށް ގެންދެވޭ މުބާރާތަކަށްވާތީ ނިލަންދޫ ފިޔަވައި އެހެން ރަށަކުން ޓީމެއް ބައިވެރި ނުވިނަމަވެސް ރަށުން ބޭރު ކުޅުންތެރިންތަކެއް ކުޅެމުންދާކަން ފާހަގަ ކުރެވެއެވެ.

މުބާރާތުގެ 2 ވަނަ ދުވަހު 4 މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ހެނދުނު 6:30 ގައި ކުޅެވޭ މެޗްގައި ވާދަކުރާނީ ފްލައިންގ ސިޓީއާއި އެސް.ޖީ.ސީ ޖޫނިއަރސްއެވެ. ހަވީރު 4:00 ގައި ކުޅެވޭ މެޗްގައި ވާދަކުރާނީ ޔޮކަހާމާ އެފް.ސީއާއި ފަހުލަވާނެވެ. 4:40 ގައި ކުޅެވޭ މެޗްގައި ވާދަކުރާނީ

ފްލައިންގ ސިޓީ އާއި އެސް.ޖީ.ސީއެވެ. އަދި ފަހު މެޗްގައި ވާދަކުރާނީ އެން.ވައި.ޖީއާއި އެސް.ޖީ.ސީ ޖޫނިއަރސްއެވެ.

މިމުބާރާތަކީ ނިލަންދޫގައި ހުނަރުވެރި މޮޅުކުޅުންތެރިންތަކެއް އުފައްދައި ކުރިމަގުގައި ނިލަންދޫ ޓީމު ތަމްސީލު ކުރާނެ ޒުވާނުންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދެވޭ މުބާރާތެކެވެ. އަދި މީގެ އިތުރުން ކުދިންގެ އަޚްލާޤާއި ސްލޫކު ރަނގަޅުކުރުމަކީވެސް މުބާރާތް ރާވާ ހިންގާ ފަރާތްތަކުން އެންމެ އިސްކަންދޭ އެއްކަމެވެ.

މުބާރާތް ކުރިޔަށްދާނީ ކޮންމެޓީމެއް ކޮންމެޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމު ފައިނަލަށް ހޮވޭ ގޮތަށެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5 ވަނަ ދުވަހު ހަވީރުއެވެ. ފައިނަލް މެޗްގެ ކުރިން މުބާރާތުގައި ޓީމުތަކުގެ ޕްރެކްޓިސްއަށް އައިސް ޓީމުތަކުގައި ނުހިމެނުނު ތުއްތު ކުދިންގެ ޚާއްޞަ މެޗެއްވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް