އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވަން އުޅުނު ޕާޓީ ޑްރަގްތަކެއް ކަސްޓަމްސްއިން އަތުލައިގެންފި.

ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވަން އުޅުނު ޕާޓީ ޑްރަގްތަކެއް ކަސްޓަމްސްއިން އަތުލައިގެންފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

އިއްޔެ (2 ސެޕްޓެމްބަރ 2019 ވަނަ ދުވަހު) ވައިގެ މަގުން ސްރީލަންކާގެ ކޮލޮމްބޯއަށް ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި (ޕާޓީ ޑްރަގް) ކަސްޓަމްސްއިން އަތުލައިގަންފިއެވެ. 

ކަސްޓަމްސް އިން މިރޭ ބުނީ މިތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވަނީ ޕާރުސަލްތައް ބޭރުކުރުމަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

 

އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗައް ޝައްކުކުރެވޭ 99 ގުޅަ (ބަރުދަނުގައި 38.16 ގްރާމް) ފެނިފައިވާއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 79،200 (ހަތްދިހަ ނުވަހާސް ދުއިސައްތަ) ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އެކްސްޓަސީ އަށް ވަނީ ޕޮސިޓިވް ވެފައެވެ. 

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާއިރު، އެ ފަރާތުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙްޤީގްކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 23.686 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް