އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު
އެމްބީއޭ ނައިން ބޯލް ބިލިއަރޑް މުބާރާތުގެ އަންހެން ޗެމްޕިއަންކަން އައިމިނަތު ފާތީ ހޯދައިފިއެވެ.
މޯލްޑިވްސް ޕޫލް ބިލިއަރޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި މިމުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފާތީ ހޯދީ ފައިނަލުގައި ދީނާ އަހްމަދު އާއި ވާދަކޮށް 7-5 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގައި މި ދެކުޅުންތެރިންގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލު މެޗުގައި ބައްދަލުކުރާނީ ހަސަން ޝާޒް މުހައްމަދާއި މުހައްމަދު ޝަރީފެވެ. މި މެޗު ފަށާނީ މިރޭ 20:30ގައެވެ.
މި މެޗުގައި މި މެޗު ނިމުމުން ފިރިހެން އަދި އަންހެން ޑިވިޝަނުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.
މިއަހަރުގެ މުބާރާތުގައި ދެ ޑިވިޜަންއެއްކޮށް 74 ކުޅުންތެރިން ވާދަކުރި އިރު، އޭގެތެރޭގައި ހިމެނެނީ ފިރިހެން 64 ކުޅުންތެރިންނާއި އަންހެން 10 ކުޅުންތެރިންނެވެ.
މުޅި މުބާރާތުގައި މިއަހަރު ޖުމްލަ 144 މެޗު ކުޅޭ އިރު، ފިރިހެން ޑިވިޜަނުގައި 126 މެޗާއި އަންހެން ޑިވިޜަނުގެ 18 މެޗު ކުޅޭނެއެވެ.
އެހެން އަހަރުތަކާއި ޚިލާފަށް މި މުބާރާތުގެ މެޗުތައް ކުޅުނީ މެންދުރުފަހު 13:00 އިން ފެށިގެން ރޭގަނޑު 00:00 އާއި ހަމައަށެވެ.
މި މުބާރާތަކީ މިއަހަރު ބާއްވާ މޯލްޑިވްސް ޕޫލް ބިލިއަރޑް އެސޯސިއޭޝަނުގެ އެންމެ ފަހު މުބާރާތެވެ.
Advertisement
5 ސެޕްޓެމްބަރ 2019