އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު
މިލިއަނެއް ހަމަނުވާ 779،000 ޑޮލަރުގެ ކޮރަޕްޝަންގެ މައްސަލައެއްގައި ހޮންޑުރާސްގެ ކުރީގެ މެޑަމް، އުމުރުން 52 އަހަރުގެ ބޮނިލާ 58 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފިއެވެ.
ޕީޖީގެ ވަކީލު ބުނެފައިވަނީ އިޖުތިމާޢީ ކަންކަމަށާއި އެހެންވެސް ބައެއް މަޝުރޫޢުތަކަށް ބޭރުން ލިބުނު މި ފައިސާއިން މެޑަމްވަނީ ގަހަނާގަނެ ގެދޮރު އަޅައި ދަރިން ގެ ބޭނުންތަކަށް ފަދަ އަމިއްލަ ކަންކަމަށް ޚަރަދުކޮށްފައި ކަމަށެވެ.
ބޮމިލާގެ ވަކީލު ބުނަނީ މެޑަމް ވަރަށް ޠޯހިރިު ކަމަށާއި ޖަލަށް ނުވަދެވޭތޯ މައްސަލަ އެޕީލް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
މިއީ ދިވެހި ފައިސާ އިން ބަލައިފަނަ 1.2 މިލިއަން ރުފިޔާ ވަރުގެ "ހައްޕުނޑު" އަދަދެކެވެ. ނަމަވެސް ހޮންޑިޔުރާސްގެ ކުރީގެ މެޑަމަށް އެވަނީ 58 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ. ދާދިފަހުން ހުޅުމާލޭގައި އެޅި ޢާއިލީ ޛިކުރާ މިސްކިތް އަޅަން އެކަނިވެސް މޯލްޑިވް ގޭސްގެ 2.5 މިލިއަން ރުފިޔާގެ ތަކެތި ބޭނުންކޮށްފައިވާ ކަމަށް މޯލްޑިވް ގޭސް އިން ވަނީ މަޖިލީހުގެ ކޮމިޓީގައި ހާމަކޮށްފައެވެ.
Advertisement
5 ސެޕްޓެމްބަރ 2019