އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު
ޤައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕް މިއަދު ފަށައިފިއެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި އިއްޔެ ފެށި 29 ވަނަ ޤައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި މުބާރާތުގައި މިފަހަރު 14 ކްލަބަކުން ވާދަކުރާ އިރު، 33 އިވެންޓެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ފިރިހެން ބައިގައި 100މ، 200މ، 400މ، 800މ، 1500މ، 5000މ، 10000މ ދުވުމާއި، ދިގު ފުންމުމާއި ޝޮޓް ޕުޓް އުކުމާއި، ޑިސްކަސް އުކުމާއި، ޖުވެލިން އުކުމުގެ އިތުރުން 4 ގުނަ 100މ ރިލޭ އާއި 4 ގުނަ 400މ ރިލޭ ހިމެނެއެވެ. އަދި އަންހެން ބައިގައި ހިމެނެނީ 100މ، 200މ، 400މ، 800މ، 1500މ، 5000މ، ދުވުމާއި ދިގު ފުންމުމާއި ޝޮޓް ޕުޓް އުކުމާއި ޑިސްކަސް އުކުމާއި، ޖުވެލިން އުކުމުގެ އިތުރުން 4 ގުނަ 100މ ރިލޭ އާއި 4 ގުނަ 400މ ރިލޭއެވެ.
މީގެ އިތުރުން ވެޓެރަންސް ބައިގައި ފިރިހެނުންގެ 100މ، 5000މ ދުވުމާއި ޝޮޓް ޕުޓް އުކުމާއި އަންހެނުންގެ 100މ، 3000މ ދުވުމާއި ޝޮޓް ޕުޓް އުކުން ހިމެނެއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ކްލަބަކަށް ދިވެހި ސިފައިންގެ ކްލަބު ހޮވިފައިވާ އިރު، އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ ހުސެއިން ފަޒީލް ހާރޫނެވެ.
Advertisement
6 ސެޕްޓެމްބަރ 2019