އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު
މިހާރު ކުރިއަށްދާ ޤައުމީ އެތްލެޓިކްސް މުބާރާތުގައި ހުސައިން ފަޒީލް ހާރޫން (ފްލޭޝް) ދެ ރޭހަކުން ރަން މެޑެލް ހޯދައިފިއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފަހު އަނީޔާގައި ހުރި، ފަޒީލް ރަން މެޑެލް ހޯދާފައިވަނީ 10،000 މީޓަރު ދުވުމުންނާއި 5،000 މީޓަރު ރޭހުންނެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށް މި މުބާރާތުގެ ފިރިހެން ބައިގެ 10،000 މީޓަރު ދުވުން ސިފައިންގެ ކްލަބުގެ ހުސައިން ފަޒީލް ހާރޫން ކާމިޔާބުކުރީ 41.33 މިނެޓުން ރޭސް ނިންމައިގެންނެވެ. އޭނާއާ އެންމެ ގާތުން ރޭހުގައި ވާދަކުރީ މެރެތަން އަދި ހާފް މެރެތަން ދުވުންތެރިޔާ ސިފައިންގޭގެ މުހައްމަދު ރަޝީދު (މޯޑު) އެވެ.
ފަޒީލްގެ އިތުރުން 200 މީޓަރު ދުވުމުން ހަސަން ސާއިދު ރަންމެޑަލް ހޯދައި ހެޓްރިކް ހެދިއިރު، އަންހެން ބައިގެ 200 މީޓަރު ދުވުމުން ރަންމެޑަލް ހޯދީ އައިޝަތު ހިމްނާ އެވެ.
އިއްޔެގެ މުބާރާތުގައި އެންމެ ވާދަވެރިކޮށްދިޔަ އަންހެން ބައިގެ 800 މީޓަރު ދުވުން، 2 މިނެޓު 35:64 އިން ކާމިޔާބު ކުރީ އައިމިނަތު ޖައިޝާ ޖުނީޒް އެވެ.
ފަޒީލް މުބާރާތުގައި ދެން ދުވާނީ 1500 މީޓަރު ދުވުމެވެ. ސާއިދަށް ކުރިއަށް އޮތީ މިއަދު އޮންނަ 400 މީޓަރު ދުވުމާއި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އެވެ.
Advertisement
7 ސެޕްޓެމްބަރ 2019