އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަށްޓީމާއެކު ސަފާރީ އައިލެންޑް ރިސޯޓުގެ ވޮލީ މުބާރާތް މިއަދު ފަށަނީ

އަށްޓީމާއެކު ސަފާރީ އައިލެންޑް ރިސޯޓުގެ ވޮލީ މުބާރާތް މިއަދު ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

 

އަށްޓީމާއެކު ސަފާރީ އައިލެންޑް ރިސޯޓުގެ ވޮލީ މުބާރާތް މިއަދު ފެށުމަށް ނިންމާ، ގުރުއަތުލައިފިއެވެ.

'ސަފާރީ ވޮލީ ޓޯނަމެންޓް 2019' ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވި ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ.

އެގޮތުން ގްރޫޕު އޭގައި ގާތަޅާ، އެޑްމިން، އިންޖިނޭރިންގ އަދި ހައުސްކީޕިންގ އޮތް އިރު، ގްރޫޕު ބީގައި އޮތީ ފްރަންޓް އޮފީސް، ފެހިކަހާ، ލޭބަރ ފޯސް އަދި އެފް އެންޑް ބީ އެވެ.

މި މުބާރާތަކީ އެރިސޯޓުގެ މެނޭޖަރ ޢަބްދުﷲ މިފްތާޙުގެ އިސްނެންގެވުމުގެމަތިން ބާއްވާ މުބާރާތެކެވެ.

މިއީ އެރިސޯޓުގައިތިބި ވޮލީ ކުޅުންތެރިންގެ ހުނަރު އިތުރުކުރުމަށާއި ވާދަވެރި މެޗުތަކެއްކުޅެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެއްތަނަކުން އެންމެން ބައްދަލުވެލާ، މަސައްކަތުގެ މާޙައުލުން ލިބޭ ބުރަކަމަށް ލުޔެއް ހޯދައިދިނުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް