އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ ޗައިނާ މެޗު ޗައިނާއަށް

ރާއްޖެ ޗައިނާ މެޗު ޗައިނާއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

 
ވަރލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރި މެޗު ޗައިނާއިން ކާމިޔާބުކޮށްފިއެވެ.
 
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޗައިނާއިން ކާމިޔާބުކުރީ 0-5 ލަނޑުންނެވެ.
 
މި މެޗު ބޮޑަށް ޑޮމިނޭޓުކޮށްގެން ކުޅެމުން ދިޔަނަމަވެސް ރާއްޖެއިންވެސް ވަނީ މަދުމަދުން ނުރައްކާ ކުރަމުން ދިޔައެވެ.
 
ޚާއްޞަކޮށް ފުރަތަމަ ހާފު ފަށައިގެން ތިރީހަކަށް މިނެޓުގެ ތެރޭގައި ރާއްޖޭގެ ޓީމު ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
 
މެޗުގެ ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ގޫސީ ޖަހައިދިން އިރި، ވޫލައި ވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލަނޑެއްޖަހާ ލީޑު ފުޅާކޮށްދީފައެވެ.
 
ދެވަނަ ހާފުވެސް ފަށައިގެން ރާއްޖޭގެ ޓީމުން އެޓޭކް އުފެއްދި ނަމަވެސް ނަތީޖާ ބުރަވެގެންދިޔައީ ޗައިނާކޮޅަށެވެ.
 
އެގޮތުން 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔަންގސުން ލަނޑެއް ޖަހައިދިން އިރު، 83 ވަނަ މިނެޓުގައިވެސް ވަނީ ޕެނަލްޓީއެއް ލިބި ކާމިޔާބުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ބްރެޒިލް ފޯވަރޑް އަކްސަންއެވެ. އަދި މެޗުގެ އިތުރުވަގުތު 92 ވަނަ މިނެޓުގައި އޭނާވަނީ ޗައިނާގެ 5 ވަނަ ލަނޑުޖަހާ މެޗުގެ މޮޅު ޔަގީންކޮށްދީފައެވެ.
 
މި މެޗުގައި ރާއްޖޭގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ (އަކޫ) އަށްވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑުދައްކާ ދަނޑުން ބާލާފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް