އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލަހެއް ނުވެ ދުނިޔޭގެ އެންމެ ބޮޑު މައްސަލައަކަށް ސާފު ބޯފެން ނުލިބުމުގެ މައްސަލަ ވެދާނެކަމުގެ ބިރު ވަރަށް ބޮޑު: ދޯހާ ކޮންފަރަންސް

ލަހެއް ނުވެ ދުނިޔޭގެ އެންމެ ބޮޑު މައްސަލައަކަށް ސާފު ބޯފެން ނުލިބުމުގެ މައްސަލަ ވެދާނެކަމުގެ ބިރު ވަރަށް ބޮޑު: ދޯހާ ކޮންފަރަންސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ލަހެއް ނުވެ ދުނިޔޭގެ އެންމެ ބޮޑު މައްސަލައަކަށް ބޯފެން ނުލިބުމުގެ ވެދާނެކަމުގެ ބިރު ވަރަށް ބޮޑު ކަމަށް މިހާރު ދޯހާގައި ކުރިއަށް ގެންދާ ދޯހާ ކޮންފަރަންސްގައި މަޝްވަރާކޮށްފިއެވެ. 

ބައެއް ބައިވެރިން ބުނީ ދުނިޔޭގެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިހާރު ފާހަގަކުރަނީ ރިފިޔުޖީންގެ މައްސަލަ ކަމަށާއި ނަމަވެސް ދާދި އަވަހަށް އެކަން ބަދަލުވެ ބޯނެ ސާފު ބޯފެން ނުލިބުމަކީ ދުނިޔޭގެ އެންމެ ބޮޑު މައްސަލަކަމަށް ވުމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ. އަދި މިހާރުވެސް މުޅި ދުނިޔެއަށް ބަލައިފި ނަމަ ސާފު ބޯފެން ނުލިބޭ މީހުންގެ ނިޞްބަތް ދުނިޔޭގެ އާބާދީގެ 25 އިންސައްތައަށް އަރާފައިވާ ކަމަށެވެ. 

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބިންމަތީގައިވާހާ ތަކެއްޗެއް، އެ ބިމުގެ ޒީނަތެއްކަމުގައި ލެއްވީމެވެ. (އެއީ) އެއުރެންކުރެ އެންމެ ޢަމަލް ރަނގަޅީ ކާކުތޯ އިމްތިހާން ކުރެއްވެވުމަށެވެ." (އަލްކަހްފި: 7) 

"އަދި ހަމަކަށަވަރުން، އެ ބިންމަތީގައިވާހާ ތަކެތި (ނެތިކުރައްވައި) ގަހެއް ރުކެއް ނެތް ހަނަފަސް ބިމެއްކަމުގައި ލައްވާހުށީމެވެ." (އަލްކަހްފި: 8) 

" އަދި އެކަލާނގެ ރަހްމަތު ގެ ކުރިއަށް (އެބަހީ: ވާރޭގެ ކުރިއަށް) އުފާވެރި ޚަބަރެއްގެގޮތުގައި، ވައިރޯޅި ފޮނުއްވީވެސް އެކަލާނގެއެވެ. އަދި ޠޯހިރު ކުރަނިވި ފެން ތިމަންރަސްކަލާނގެ އުޑުން ބާވައިލެއްވީމެވެ." (އަލްފްރްޤާން: 48) 

ފެނަކީ ﷲ ތައާލާ މިންވަރު ކުރައްވަވާ ނިޢްމަތެކެވެ. މީސްތަކުންގެ ޖާހިލުކަމާ އުރެދުން ބޮޑުވާވަރަކަށް ﷲ ތައާލާ އެކަލާނގެ ދެއްވަވާ ނިޢްމަތްތައް އަނބުރައި ގެންދަވާނެތެވެ. ކަންކަން ވިސްނޭނީ ހުޅިވައިފައިވާ ލޯތަކަކުން ބެލުމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް