އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ދާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި!

2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ދާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ދާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިވެ.

ޕްލޭނިން މިނިސްޓްރީގެ ޕްރޮގްރާމް އެންޑް ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަންވަރު އަލީ "ނުވަ ގަޑި- މީޑިއާއެކު" ގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ސަރުކާރުން ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކުގެ ޖުމްލަ އަގު 2.6 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އަންވަރު އަލީ ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ކުރިއަށް ނުގެންދާކަމުގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އެކަމަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށާއި ކޮންމެ މިނިސްޓްރީއަކުންވެސް އެ މިނިސްޓްރީއަކާއި ގުޅޭ ވަރަށް ގިނަ އަދަދެއްގެ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.

ސަރުކާރުން އެންމެ ގިނަ މަޝްރޫއު ހަވާލު ކޮށްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީންނެވެ. އެ މިނިސްޓްރީގެ މަސައްކަތްތަކަށް އެކަނިވެސް 283 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ.  އަދި ހައުސިން މިނިސްޓްރީން ހަވާލުކޮށްފައިވާ މަސައްކަތްތަކަށް 261 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މައުލޫމާތުލިބިފައި ވެއެވެ.

ސަރުކާރުން އަންނަނީ އަންނަ އަހަރުވެސް އުމްރާނީ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ތައްޔާރުވަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު