އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނާމް ޗެމްޕިއަންޝިޕް މި މަހު ފަށަނީ

ނާމް ޗެމްޕިއަންޝިޕް މި މަހު ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

 

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (ނާމް) ޗެމްޕިއަންޝިޕް މި މަހު ފަށަން ނިންމާފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޗެމްޕިއަންޝިޕް ފަށާނީ މި މަހުގެ 18 ގައި ކަމަށެވެ.

މި މުބާރާތަކީ ޤައުމީ ނެޓްބޯޅަ މުބާރާތުގެ އިތުރުން ދެން ރާއްޖޭގައި ބާއްވާ އެންމެ ވަރުގަދަ ނެޓްބޯޅަ މުބާރާތެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ 7 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ.

އެގޮތުން ގުރޫޕްއޭގައި ސްކައިލާކް އާއި ޔުނައިޓެޑް ޔުނިޓީ އަދި ޒެނިތު އަދި ޔޫތު ޔުނައިޓެޑް އޮތް އިރު، ގްރޫޕް ބީގައި އޮތީ ގައުމީ މުބާރާތުގެ ދެވަނަ ކުޅުދުއްފުށި ޔޫތު ރެކްރިއޭޝަން ކްލަބާއި މެޓްރިކްސް އަދި ޝައިނިންސްޓާ އާއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ހޯލު (ސޯޝަލް އިންޑޯ) ގައި ކުޅޭ މި މުބާރާތް ހުޅުވާ މެޗުގައި ވާދަކުރާނީ ސްކައިލާކް އާއި ޔުނައިޓެޑް ޔުނިޓީ އެވެ.

ނާމް ޗެޕްޕިއަންޝިޕަކީ ނެޓްބޯލް އެސޯސިއޭޝަންގެ މެނޭޖުމެންޓު ބަދަލުވި ފަހުން މިއަހަރުގެ މިހާތަނަށް ކުރިއަށް ގެންދާ ތިންވަނަ މުބާރާތެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް