އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަޝްމީރުގެ މައްސަލަ ބަޑީގެ ވަޒަނުގެ ބަދަލުގަ ވޯޓުފޮށި މެދުވެރިކުރީމަ މިހާރުން މިހާރަށްވެސް ޙައްލު ކުރެވޭނެ!: ޑަނާ ރޮރަބަޗަރ

ކަޝްމީރުގެ މައްސަލަ ބަޑީގެ ވަޒަނުގެ ބަދަލުގަ ވޯޓުފޮށި މެދުވެރިކުރީމަ މިހާރުން މިހާރަށްވެސް ޙައްލު ކުރެވޭނެ!: ޑަނާ ރޮރަބަޗަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ކަޝްމީރުގެ ޙާލަތު މިހިސާބަށް ދިއައީ އެމީހުން ބޭނުންވާ ގޮތް ބަލަން ނަގަން ޖެހޭ ވޯޓު ނުނަގާ 40 އަހަރުވާން އދ އިން ދޫކޮށްލުމުންނެވެ. ކަޝްމީރުގެ ރައްޔިތުން ބޭނުންވަނީ އިންޑިއާގެ ބައެއްގެ ގޮތުގައި ކަޝްމީރު ބާއްވަންކަން ނުވަތަ ނޫންކަން ބެލުމަށް ނަގަން ޖެހޭ ވޯޓު ނެގުމުން ކަޝްމީރުގައި މިހާރު ހިންގަމުން ގެންދާ ޤަތުލު ޢާންމުތައް ހުއްޓޭނެއެވެ. އެމީހުން ބޭނުންވާ ގޮތް އެމީހުން އިޚްތިޔާރުކުރާނެއެވެ. 

ކަޝްމީރުގެ ހާލަތާއި ގުޅިގެން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ގެންދަނީ ކެނޑިނޭޅީކަންބޮޑުވުން ފައުޅުކުރަމުންނެވެ. ނަމަވެސް އިންޑިއާއިން އެ އަޑު އަހައިފައެއް ނުވެއެވެ. 

ކަޝްމީރުގެ މައްސަލައަށް ވަރަށް ފަސޭހައިން ހައްލު ހޯދިދާނެއެވެ. އެމީހުން ބޭނުންވާގޮތް ވޯޓުފޮށިން ބަލާށެވެ! އެކަން ބަލަންވީ ބަޑީގެ ވަޒަންތަކަކުން ނޫނެވެ. ކަޝްމީރުގެ ރައްޔިތުންނަކީ ޓެރަރިސްޓުން ކަމަށް ގޮވިދާނެއެވެ. ނަމަވެސް އެއީ ޙައްލެއް ނޫނެވެ. ޙައްލަކީ ރައްޔިތުންގެ ވޯޓެވެ. 

އިންޑިއާ އަކީ ޒަމާންވީ ރަހްމަތްތެރިއެއް ކަމަށްބުނެ ބަހަނާތައް ދެއްކުމުގެ ބަދަލުގައި ވޯޓުފޮށިން މައްސަލަ ޙައްލު ނުކުރާނަމަ އިންޑިއާއަށް ދޭ އެހީ މަދުކުރާނެ ކަމުގެ މެސެޖު މިރެއިން މިރެއަށް ވެސް ދޭންވީއެވެ. ކަންކަން ފައިދާ ކުރާނެ ގޮތަށް ޙައްލު ކުރެވޭނީ އެއިރުންނެވެ. 

(30 އަހަރު އެމެރިކާގެ ކޮންގްރެސްގައި ޚިދުމަތް ކުރެއްވި ޑަނާ ރޮރަބަޗަރ 1996 ވަނަ އަހަރު ދައްކަވާފައިވާ ވާހަކަފުޅަކުން - ވީޑިއޯ ޓްވީޓުން ބައްލަވާ)

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް