އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސެޕްޓެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދާ %4 އިތުރުވެ ލިބުނު އާމްދަނީ 9% އިތުރުވެއްޖެ

ސެޕްޓެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދާ %4 އިތުރުވެ ލިބުނު އާމްދަނީ 9% އިތުރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 27 މިނެޓް, 56 ސިކުންތު

ފާއިތުވި ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 4 އިންސައްތަ އިތުރުވެފައިވާކަމަސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.  

2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ދިވެހިރާއްޖެއަށް 3.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު މި ޢަދަދުވަނީ 3.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 

މީގެއިތުރުން، ފާއިތުވި ސެޕްޓެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 9 އިންސައްތަ ވަނީ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 262 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު މި ޢަދަދުވަނީ 286 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓް/އެކްސްޕޯޓް ތަފާސް ހިސާބު ސެޕްޓެމްބަރ 2019

ތަފްޞީލް

ސެޕްޓެމްބަރ 2018

(ދިވެހި ރުފިޔާއިން)

ސެޕްޓެމްބަރ 2019

 (ދިވެހި ރުފިޔާއިން)

އިތުރުވި/ދަށްވި އިންސައްތަ

ދައުލަތަށް ލިބުނު އާމްދަނީ

262 މިލިއަން

 286 މިލިއަން

9% އިތުރު

އެކްސްޕޯޓް ކުރެވުނު މުދާ (އެފް.އޯ.ބީ އަގު)

136 މިލިއަން

166 މިލިއަން

22% އިތުރު

އިމްޕޯޓް ކުރެވުނު މުދާ  (ސީ.އައި.އެފް އަގު)

3.7 ބިލިއަން

3.8 ބިލިއަން

4% އިތުރު

 

           

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، ޗައިނާ، އަދި އިންޑިއާ އެވެ. ޔޫ.އޭ.އީ އިން 720 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާއިން 703 މިލިއަން އަދި އިންޑިއާ އިން 370 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

 

 

ވޭތުވެދިއަ ސެޕްޓެމްބަރު މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ޤައުމުތައް: 

 

2019 ސެޕްޓެމްބަރ މަހު އަގުގެގޮތުން އެންމެ ގިނައިން މުދާ އެތެރެކުރެވުނު އަދި ބޭރުކުރެވުނު ޤައުމުތައް

އަގުގެގޮތުން އެންމެ ގިނައިން އިމްޕޯޓް ކުރި 5 ޤައުމު

އަގުގެގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި 5 ޤައުމު

ޔޫ.އޭ.އީ

19%

ތައިލޭންޑް

47%

ޗައިނާ

19%

ފަރަންސޭސިވިލާތް

8%

އިންޑިއާ

10%

އިނގިރޭސިވިލާތް 

6%

ސިންގަޕޫރު

10%

ޖަރުމަނުވިލާތް

%6

މެލޭޝިއާ

7%

އެމެރިކާ

%5

 

 

 

              

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު