އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމަރަފުއްޓަށް ވައިގެމަގުން މަސްތުވާތަކެއްތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ތިމަރަފުއްޓަށް ވައިގެމަގުން މަސްތުވާތަކެއްތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

  ތިމަރަފުއްޓަށް ވައިގެމަގުން މަސްތުވާތަކެއްތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ،

 

ވައިގެމަގުން ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން، މިހިނގާ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ތިމަރަފުށި އެއަރޕޯޓުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިމަރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ