އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒީޝާންގެ މަރުގެ ބަދަލުގައި އެއްލައްކަ ރުފިޔާ ދޭން ކޯޓުން ހުކުމް ކޮށްފި

ޒީޝާންގެ މަރުގެ ބަދަލުގައި އެއްލައްކަ ރުފިޔާ ދޭން ކޯޓުން ހުކުމް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު

އައްޑޫ ލިންކް ރޯޑް ސިޓީ ސްކެއާ ކައިރިން މަގުން ހިނގާފައިދިޔަ އަންހެން ކުއްޖެއްގެ ގައިގާ، މީގެ ހަ އަހަރު ކުރިން ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި ނިޔާވި އާމިނަތު ޒީޝާން އަލީގެ މަރުގެ މައްސަލާގައި، ކާރު ދުއްވަން އިން ފަރާތުން ޒީޝާންގެ އާއިލާއަށް މަރުގެ ބަދަލުގައި އެއް ލައްކަ ރުފިޔާ ދިނުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

 

ކާރު ދުއްވަން އިން ހުސެއިން ހާފިޒަށް މިމައްސަލައިގައި ދައުލަތުން އުފުލާފައިވަނީ، އިންޖީނުލީ އެއްޗެއް ފަރުވާކުޑަކޮށް ދުއްވުމުގެ ކުށުގެ ދައުވާއެވެ. މިމައްސަލައިގައި ޝަރީއަތުން ނިންމީ ކާރު ދުއްވަން އިން ހުސެއިން ހާފިޒް ދުއްވާފައިވަނީ ފަރުވާކުޑަކޮށް ކަން ސާބިތުވާތީ ކުށްވެރިވާ ކަމަށެވެ.

 

މިދައުވާގެ ކުށުގެ އަދަބަކަށް ދިވެހި އެއް ލައްކަ ރުފިޔާ، ނިޔާވި ޒީޝާންގެ އާއިލާއަށް އެއް މަސް ދުވަސްތެރޭ ދެއްކުމަށް ހުކުމް ކޮށްފައިވެއެވެ. އަދި މިމައްސަލާގައި މިހާތަނަށް ހުސެއިން ހާފިޒްގެ ފަރާތުން އާއިޝަތު ޒީޝާންގެ އާއިލާއަށް ދައްކާފައިވާ 60،000ރ. އުނިކޮށް ބާކީ ހުރި 40،000ރ. ދައްކަން ޖެހޭނެ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

 

މީގެ އިތުރުން މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ މިމައްސަލަ ހުސެން ހާފިޒްގެ މައްޗަށް ސާބިތުވުމާ ގުޅިގެން 10 އަހަރު ދުވަހަށް އޭނާގެ އެއްގަމު އުޅަނދުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމަށް އަންގާފައެވެ.

 

2013 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 12 ގައި ހިނގި މިއެކްސިޑެންޓްގައި ޒީޝާން ނިޔާވެފައިވާއިރު، ޒީޝާން އާއެކު ދިޔަ އޭނާގެ މަންމައަށްވެސް ވަނި މިއެކްސިޑެންޓުގައި އެކި ވަރުގެ އަނިޔާވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ