އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

5 ދުވަހު ކޯމާގަ އޮތް ތުއްތު ދަރިފުޅުގެ ފުރަތަމަ ހިނިތިންވުން ބައްޕައަށް!

5 ދުވަހު ކޯމާގަ އޮތް ތުއްތު ދަރިފުޅުގެ ފުރަތަމަ ހިނިތިންވުން ބައްޕައަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ތުއްތު ދަރިފުޅު އުފަންވީ އާދައިގެ ކުއްޖެއް ފަދައިންނެވެ. ޞިއްޙީ މައްސަލަތައް ހުރިކަމެއް ނުއެނގެއެވެ. އުމުރުން 14 ވަނަ ހަފްތާގައި އެނގުނީ ހިތުގައި ބޮޑު މައްސަލައެއް ހުރިކަމެވެ. 

ޑޮކްޓަރުންނަށް ގޮތް ހުސްވެ އުންމީދު ކަނޑައިލިއެވެ. މިހާލަތު ދިމާވާ ކުދިންގެ ތެރެއިން ސަލާމަތްވަނީ އެންމެ 7 އިންސައްތަ ކުދިން ކަމުގައިވާތީއެވެ. ކުއްޖާ 5 ދުވަސްވަންދެން ކޯމާގައި އޮތުމަށްފަހު ލޯހުޅުވައިލި ވަގުތަކީ ދަރިފުޅު ދެކެލަން ބައްޕަ ވަދެ ކައިރީގައި ހުރި ވަގުތެވެ. އެހެންކަމުން ތުއްތު ދަރިފުޅުގެ ފުރަތަމަ ހިނިތުންވުން ލިބުނީ ބައްޕައަށެވެ. 

ދަރިފުޅު ހޭއަރައިފިއެވެ. ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހެއެވެ. އިނގިރޭސިވިލާތުން އޮޕަރޭޝަން ކުރެވޭކަށް ނެތެވެ. އޮޕަރޭޝަން ކުރެވޭނެ ހަމަ އެކަނި ހޮސްޕިޓަލް ހުރީ ބޮސްޓޮންގައެވެ. އެ ހޮސްޕިޓަލުން އޮޕަރޭޝަން ކުރުމުގެ އަގަކަށް ބުނެފައިވަނީ 116000 ޕައުންޑެވެ. ސޯޝަލް މީޑިއާގައި ކުރި މަސައްކަތުން މިހައިތަނަށް ލިބިފައިވަނީ އެންމެ 28،000 ޕައުންޑެވެ. 

މިއީ ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް ޞިއްހީ ޚިދުމަތުގެ ކަންކަން ހުރި ގޮތެވެ. އަޅުގަނޑުމެންނަށް މާލީ އެހީތެރިކަން ފޯރުކޮށް ނުދެވިދާނެއެވެ. ނަމަވެސް އެ ކުއްޖާއަށްޓަކައި ހެޔޮ ދުޢާ ކުރެވިދާނެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް