އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުކޮމިޝަނުން ހޯދަމުންދިޔަ އިރުފާނާއި އޭނާއާއެކު ހައްޔަރުކުރި ތިންމީހުންގެ ބަންދަށް ފަނަރަ ދުވަސް ޖަހައިފި!

މަރުކޮމިޝަނުން ހޯދަމުންދިޔަ އިރުފާނާއި އޭނާއާއެކު ހައްޔަރުކުރި ތިންމީހުންގެ ބަންދަށް ފަނަރަ ދުވަސް ޖަހައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން، ހޯދަމުންދިޔަ މ. ކުރިރުއްގޭ އިރުފާން ރުޝްދީ (25އ.) އާއި އޭނާއާއެކު އިއްޔެ ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހައިފިއެވެ.

ހާލުގައި ޖެހުނު ލޯންޗަކުން އިއްޔެ ފުލުހުން އިރުފާން ހައްޔަރުކުރީ، ތަހުގީގަށް އޭނާ ހޯދުމަށް ރިޔާސީ ކޮމިޝަނުން އިއުލާނު ކޮށްފައިވަނިކޮށެވެ.

މަރުތަކާއިބެހޭ ކޮމިޝަނުން އިރުފާން ހޯދަން އިއުލާން ކޮށްފައިވަނީ، 2016 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު، ދެ ގްރޫޕެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި ފާތިރު މުޙައްމަަދުގެ މަރުގެ މައްސަލައިގައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ