އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮމާނަށް ބޮޑެތި ބިޔަ ރާޅުތައް އަރަނީ! ދިވެހިން ބިރުގަންނާކަށް ނުވޭތަ؟

އޮމާނަށް ބޮޑެތި ބިޔަ ރާޅުތައް އަރަނީ! ދިވެހިން ބިރުގަންނާކަށް ނުވޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

އިއްޔެއިން ފެށިގެން އޮމާނަށް ދަނީ ބޮޑެތި ބިޔަ ރާޅުތައް އަރަމުންނެވެ. ޚަބަރުގައިވާ ޓްވީޓުން މަންޒަރު ފެނިވަޑައިގަންނަވާނެއެވެ. ޚަބަރުތަކުގައިވަނީ އެރާޅުތައް އުފެދުނީ ޠޫފާން ކިޔަރގެ ސަބަބުން ކަމަށެވެ. 

ޠޫފާނަށް ކޮންމެ ނަމެއް ކީކަމުގައިވީނަމަވެސް ޠޫފާންތައް ފޮނުއްވަވަނީ ﷲ ތަޢާލާއެވެ. ﷲ ތަޢާލާ ފޮނުއްވަވާ އެއްވެސް ޠޫފާނެއް ހުއްޓުވުމުގެ އެއްވެސް ބާރެއް އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. 

އަޅުގަނޑުމެން ދިރިއުޅެމުން މިދާ ރާއްޖޭގެ ރަށްތަކަކީ ދުނިޔޭގެ ނިޞްބަތުންވެސް އެންމެ ފަސްގަނޑު ތިރި ރަށްތަކެވެ. ދިޔަވަރު ބޮޑުވުމުން ކަނޑުގެ ލޮނުގަނޑާއި ދާދި އެއްވަރެއްގައި އުފެދިފައިވާ ރާއްޖޭގެ ރަށަކަށް މިފަދަ ކަމެއް މެދުވެރިކުރައްވައިފިނަމަ ވެގެންދާނެ ގޮތް ޚިޔާލަށް ގެންނަވާށެވެ. ގިނަ ރަށްތައް ދާނީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދޮވެވިގެންނެވެ. 

ދިވެހިން ޝުކުރުވެރިވާކަށް ނުވޭތޯއެވެ! މިފަދަ ބޮޑެތި މުޞީބާތްތަކުން ރާއްޖޭގެ ރަށްތައް ސަލާމަތް ކޮށްދެއްވަވާފައި ވާތީއެވެ! ބިރުވެތިވާކަށް ނުވޭތޯއެވެ؟ މިފަދަ ބޮޑު މުޞީބާތެއް ކުރިމަތިކުރައްވަވައިފިނަމަ ކަންކަން ވެގެންދާނެ ގޮތާއިމެދުގައެވެ! 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް