އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީއެން ކިޔާ ލާދީނީ ކިއްލާ އުވާލައްވަފާނެތީ ރައީސް ޞާލިޙަށް ބިރު ދައްކަން ފަށައިފި!

އެމްޑީއެން ކިޔާ ލާދީނީ ކިއްލާ އުވާލައްވަފާނެތީ ރައީސް ޞާލިޙަށް ބިރު ދައްކަން ފަށައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު

އެމްޑީއެން ކިޔާ ލާދީނީ ކިއްލާ އުވާލައްވަފާނެތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ބިރު ދައްކަން ފަށައިފިއެވެ. މިފަދައިން ބިރު ދައްކާ މީހުން ކުރާ އެއް ސުވާލަކީ "އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ރާއްޖޭގައި އުވާލައްވާ ފުރަތަމަ ރައީސްކަށް ރައީސް އިބްރާހީމް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގަންނަވަނީތޯއެވެ؟" 

މިއީ ރަސޫލް (ޞޢވ) ގެ ބޮޑުބޭބޭފުޅު އަވަހާރަވުމުގެ ވަގުތުގައި ރަސޫލް (ޞޢވ) ވަޑައިގެން ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުފުޅު ކުރެއްވެވުމަށް ޙަދީޘްފުޅު ކުރެއްވެވުމުން އަބޫޖަހުލު ބުނި ބަހާއި ވަރަށް އެއްގޮތް ސުވާލެކެވެ. "ކާބަފައިންގެ ދީން ދޫކުރައްވަނީތޯއެވެ" 

ޢިއްޒަތްތެރި ރައީސް އެވެ. މިހުރިހާ ކަންކަން މިހިސާބަށް މިދިއައީ ރިޕޯޓް ނެރުމުން ރައީސް ޔާމީނު ފިޔަވަޅު އަޅުއްވާފައި ނުވާތީއެވެ. ވީމާ އެކަމުގެ ސަބަބުން އުފެދިގެން ދިއަ ފިތުނަތަކާއި އެ ރިޕޯޓް މިހައި ދުވަސްވަންދެން ޝާއިޢުކޮށްފައި އިނުމުން ކިޔައި ހިތުގައި ޝައްކު އުފެދި މަގުފުރެދުނު އެންމެންގެ ޒިންމާ އުފުއްލަވަން ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނެ ދުވަސް އޮތީ ކުރިއަށެވެ. ހަމައެފަދައިން މިފަދަ ނުބައިކަންބޮޑު ޖަރީމާއެއް ހިންގުމުން އެކަން މުލުން ނުލައްވަވައިފިނަމަ އެކަމުގެ ސަބަބުން ހިތްވަރު ލިބި ދެން ކުރިމަތިވާ ހުރިހާ ކަންކަމުގެ ޒިންމާ ރައީސަށް އުފުއްލަވަން ޖެހިވަޑައިގަންނަވާނެއެވެ. 

ތާރީޚުގެ ތެރެއަށް ވަޑައިގަންނަވާށެވެ! ރައީސް އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުގައި މާލޭގެ ގެއެއްގައި ހަށިވިއްކިއެވެ. ގޭގެ ވެރިމީހާއަކީ ކިތަންމެ މޮޅު ޝާއިރެއް ނަމަވެސް ވަގުތުން ލެއްވެވީ ޖަލަށެވެ. ވަގުތުން ގޭގައި އަލިފާން ރޯވެ އަނދައިގެންވެސް ދިއައެވެ. އެހިސާބުން އެގޭގައި އިތުރަށް އެކަމެއް ނުކުރެވެއެވެ. އަދި އެހެން މީހުން ވެސް އެކަން ކުރަން ބިރުގަތެވެ. 

ދެން އައީ ރައީސް މައުމޫނުގެ ވެރިކަމެވެ. ހަށިވިއްކުމުގެ އަމަލު ހިންގި ގެއެއް ސަރުކާރަށް ނެގިކަން އިއުލާނުކުރިއެވެ. ގޭގައި އުޅުނީ ހަމަ ގޭގެ ވެރިންނެވެ. ދުވަސްކޮޅެއް ފަހުން އެކަން ބާޠިލުވެސް ކުރިއެވެ. ނަތީޖާއަކަށްވީ ރައީސް މައުމޫނުގެ ވެރިކަން ނިމުނުއިރު ހަށިވިއްކުމަކީ ޢާންމުކަމަކަށްވެފައި އޮތުމެވެ. 

މިދިއަ ހުކުރުވިލޭރޭ ބަންޑާރަ މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް އަހްމަދު ސަމީރު ވިދާޅުވީ ވެރި މީހާގެ ކިތަންމެ ގާތް މީހަކު ނަމަވެސް އިސްލާމް ދީނަށާއި ﷲ ތަޢާލާ އަސާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށްފި ނަމަ ޖެހޭނީ ފިޔަވަޅު އަޅަން ކަމަށެވެ. އެންމެ ގާތް މީހުންނާއިމެދުވެސް ފިޔަވަޅު އަޅާނަމަ އެހެން މީހުންނަށް އެފަދަ ކަންކަން ފައުޅުގައި ކުރަން ނުކުރޭނެ ކަމަށެވެ. 

ޝައިޚް ސަމީރު ވަނީ ވެރިކަމުގައި ހުންނެވި ބޭކަލެއްގެ ވަރަށް އަރިސް ބޭކަލަކު ސަމާސާއަކަށް އެފަދަ ބަސްފުޅެއް ވިދާޅުވުމުން ވެސް އެއީ ސަމާސައަށް ވެސް ކުރެއްވޭނެ ކަމަކަށް ނުވާތީ ޙައްޤު އަދަބު ދެއްވިކަން ވެސް ބަޔާންކޮށްދެއްވަވައިފައެވެ. 

ރޭ އަލިމަސް ކާނިވަލުގައި ޝައިޚް އިލްޔާސް ޙުސައިން ވެސް ވަނީ ހަމަ މިމޭރުމުން ބަޔާން ކުރައްވައިފައެވެ. ޝައިޚް އިލްޔާސް ވަނީ ﷲ ތައާލާގެ ކޯފާއަށް ބިރުވެތިވުމަށްވެސް އިލްތިމާސް ކުރައްވައިފައެވެ. 

އެންމެނެވެސް ޤަބޫލުކުރާ ގޮތުގައި އެއްވެސް ޢިލްމުވެރިއަކު ވިދާޅު ނުވި ނަމަވެސް މަނިކުފާނަށް މިކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ވީމާ ޞައްޙަ ދިވެހި ރައްޔިތުން ތިބީ  މަނިކުފާނު މިކަމުގައި ސާބިތުވެވަޑައިގަންނަވާނެކަމަށް އުންމީދުކޮށްގެންނެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް