އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީއެން ހިތް ފަޅައިގެން ނުދޭތަ؟ މިދިއަ އަހަރުގެ ފުރަތަމަ 5 މަސް ތެރޭ އޮމާންގަ އެކަނިވެސް 3000 އަށްވުރެ ގިނަ މީހުން އިސްލާމްވި!

އެމްޑީއެން ހިތް ފަޅައިގެން ނުދޭތަ؟ މިދިއަ އަހަރުގެ ފުރަތަމަ 5 މަސް ތެރޭ އޮމާންގަ އެކަނިވެސް 3000 އަށްވުރެ ގިނަ މީހުން އިސްލާމްވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

އޮމާންގައި މަސައްކަތްކުރާ 3000 އަށްވުރެ ގިނަ މީހުން މިދިއަ އަހަރުގެ ފުރަތަމަ 5 މަސް ތެރޭގައި ވަނީ އިސްލާމްވެފައެވެ. އެއިގެ ތެރޭގައި އެންމެ ގިނައީ ޔޫރަޕްގެ މީހުންނާއި އިންޑިއާ މީހުންނެވެ.

އޮމާންގައި ގިނަ ބައަކު އިސްލާމްވަމުން ދަނީ އެ ޤައުމުގައި ހިންގާ ދީނީ ޕްރޮގްރާމްތަކުގެ ސަބަބުންނެވެ. އެއިގެ ތެރޭގައި ކީރިތި ޤުރްއާނުގައި ވަނީ ކޮން އެއްޗެއްކަން ކާފިރުންނަށް އަންގައިދޭން ވެސް ޕްރޮގްރާމްތައް ހިންގައެވެ. އެގޮތުން މިދިއަ ރޯދަ މަހު ބޭއްވި ޕްރޮގްރާމެއްގައި ބައިވެރިވި 800 މީހުންގެ ތެރެއިން 26 އަނހެނަކު ވަނީ ހަމަ އެ ޕްރޮގްރާމްގެ ތެރެއިން އިސްލާމް ދީން ޤަބޫލުކޮށްފައެވެ. 2017 ވަނަ އަހަރު ބޭއްވި މިފަދަ ޙަރަކާތެއްގެ ތެރެއިންވެސް 72 މީހަކު ވަނީ އިސްލާމްވެފައެވެ. 

1990 ވަނަ އަހަރަށް ބަލައިފިނަމަ އެއިރު ދުނިޔޭގައި ތިބީ 1.1 ބިލިއަން މުސްލިމުންނެވެ. 2018 ވަނަ އަހަރު މި އަދަދު ވަނީ 1.8 ބިލިއަނަށް އިތުރުވެފައެވެ. 2002 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ މުސްލިމުންގެ އާބާދީގެ 80 އިންސައްތައަކީ ޢަރަބިންނެއް ނޫނެވެ. 

2030 ގައި މުސްލިމުންގެ ޢާބާދީ 7.9 ބިލިއަނަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ކުރިއަށް މިއޮތް 10 އަހަރު ތެރޭގައި މުސްލިމުންގެ އާބާދީ މިހާރަށްވުރެ 4 ގުނަ ނުވަތަ 400% އިތުރުވާނެއެވެ. 

(ތިރީގައިވާ ލިޔުމަކީ 31 މޭ 2018 ގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. އެހެންކަމުން 2018 ވަނަ އަހަރު އިސްލާމްވި މީހުންގެ ޢަދަދު ބަޔާންކޮށްފައިއެވަނީ މެއިމަހުގެ ނިޔަލަށްކަން ފާހަގަކުރެވެއެވެ. 

ގުޅުން ހުރި ލިޔުން:

https://aboutislam.net/muslim-issues/middle-east/3000-expats-oman-embrace-islam-2018/

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު