އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލ. އަތޮޅުގައި ތިމާވެށި ހިމާޔަތްކުރުމަށް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި

ލ. އަތޮޅުގައި ތިމާވެށި ހިމާޔަތްކުރުމަށް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ލ. އަތޮޅު ޕޮލިހާއި އެ އަތޮޅުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ޖަމްއިއްޔާތަކާއި ސިކްސް ސެންސަސް ލާމު ރިސޯޓު ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު މުންޑޫގައި ކުރިއަށް ގެންދިޔަ މި މަޝްވަރާ ބައްދަލުވުމުގައި، 2020 ވަނަ އަހަރު ސިކްސް ސެންސަސް ލާމު ރިސޯޓުން ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ޕްރޮގްރާމުތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

އަދި ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ދެނެގަނެ ތިމާވެށި ހިމާޔަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އަދި ތިމާވެށި ހިމާޔަތްކުރުމަށް ‘އެކުއެކީ’ގެ ނަމުގައި ލ. އަތޮޅުގައި ކުރިއަށް ގެންދާ މި މަޝްވަރާ ބައްދަލުވުން ދެން ބާއްވާނެ ރަށެއް ކަނޑައެޅުމާއި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވިދާނެ ކަންކަމަށް ޕްރޮޕޯސަލެއް ހުށަހެޅުމަށް މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން މި މަޝްވަރާ ބައްދަލުވުމުގައި، މާމެންދޫގައި ކުރިއަށް ގެންދިޔަ ލާމާފަރު ފެސްޓިވަލްގައި މާމެންދޫ ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ސިކްސް ސެންސަސް ރިސޯޓުން  އެކަމަށް ޝުކުރު އަދާކޮށްފައިވެއެވެ.

މި މަޝްވަރާ ބައްދަލުވުމަށްފަހު އެ ބައްދަލުވުމުގެ ބައިވެރިން މުންޑޫގެ ގޮނޑުދޮށް ސަރަހައްދު ބަލައިލަން ޒިޔާރަތްކޮށްފައިވެއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، ލ. ގަން ޕޮލިސް ސްޓޭޝަނާއި، ފޮނަދޫ ޕޮލިސް ސްްޓޭޝަނާއި، މާމެންދޫ ޕޮލިސް ސްޓޭޝަނާއި، އެ އަތޮޅުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ޖަމްއިއްޔާތަކުގެ އިތުރުން ސިކްސް ސެންސަސް ލާމު ރިސޯޓުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ