އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރުވާލައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ދެމީހަކު އަތުލައިގަނެފި

ދިރުވާލައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ދެމީހަކު އަތުލައިގަނެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ވައިގެމަގުން ބްރެޒިލުން ރާއްޖެއައި ދެމީހެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި ދެމީހުންވެސް މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވަނީ ދިރުވާލައިގެން ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެންނެވެ.  

ކަސްޓަމްސްއިން ބުނެފައިވަނީ 2019 އޮކްޓޯބަރު 06 ވަނަ ދުވަހު ރާއްޖެއައި އުމުރުން 42 އަހަރުގެ ބްރެޒިލްގެ ފިރިހެނެއް ކަސްޓަމްސްއިން ބަލައިފާސްކުރިއިރު، ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިއިރު، އޭނާގެ ހަށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައިވާކަމަށެވެ. މިތަކެތި ތަހުލީލު ކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާއިރު އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 837.2 ގްރާމް ހުއްޓެވެ.

މީގެ އިތުރުން 2019 އޮކްޓޫބަރ 25 ވަނަ ދުވަހު ރާއްޖެއައި އުމުރުން 29 އަހަރުގެ ބްރެޒިލްގެ ފިރިހެނެއްގެ ހަށިގަނޑުގެ އެތެރޭގައި  މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިބެލުމުން، އޭނާގެ ހަށިގަނޑުގެ ތެރެއިން ޕެކިންގއާއެކު ބަރުދަނުގައި ޖުމްލަ 765.5 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާކަމަށާއި މި ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މި ދެ މީހުންގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.60 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މިމައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު