އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެން ދަރިން ލިބުމުން ވިސްނަންވީ ގެއަށް ވީހާ ގިނަ ފައިސާ ވައްދާކަށް ނޫނެވެ! ނަރައިން ސަލަމާތްކޮށްދޭނެ އައްޑަނައަކަށް ހެދުމަށެވެ!

އަންހެން ދަރިން ލިބުމުން ވިސްނަންވީ ގެއަށް ވީހާ ގިނަ ފައިސާ ވައްދާކަށް ނޫނެވެ! ނަރައިން ސަލަމާތްކޮށްދޭނެ އައްޑަނައަކަށް ހެދުމަށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 44 ސިކުންތު

މިފަދަ ޢިލްމީ، ހޭލުންތެރި ޒަމާނުގައި އަދިވެސް މީސްތަކުން ދިރިއުޅެމުން މިދަނީ ހަމަ ޖާހިލިއްޔަ ޒަމާނުގައެވެ. އެހެން ބުނަން މިޖެހުނީ އަނހެން ދަރިން ލިބުމުން ބައެއް ބެލެނިވެރިން މިހާރުވެސް ދެކެނީ އެއީ ގޭގެ ތިޖޫރީ ފުރާލަން ލިބުނު ރަނުގެ ފުރުޞަތެއް ކަމަށެވެ.  

މީސްތަކުންނޭވެ! އަންހެން ދަރިން ނުވަތަ ދަރިއަކު ލިބުމަކީ ﷲ ތަޢާލާ މީހަކަށް ދެއްވަވާނެ އެންމެ ބޮޑު އެއް ނިޢްމަތެވެ. އެންމެ ބޮޑު އެއް ނަޞީބެވެ! އެހެނީ އެ ދަރިފުޅު ﷲ ތައާލާ އެންގެވި ގޮތުގައި ބަލަހައްޓައި، ހޭދަކޮށް، ތަރުބިޔަތުކޮށްފިނަމަ އެކަމަކީ ތިމާ އާއި ނަރަކައާއި ދެމެދުގައި ލެވޭ ފާރަކަށް ވެގެން އެބަދެއެވެ. އެމީހަކު ނަރަކައިން ސަލާމަތްކޮށްދޭނެ އައްޑަނައަކަށްވެސް ވެގެން އެބަދެއެވެ.

އަންހެނަކު އޭނާގެ 2 އަންހެން ދަރިން ގޮވައިގެންގޮސް ޢައިޝަތުގެފާނުގެ އަރިއަހުން ޞަދަޤާތަކަށް އެދުނެވެ. ދެއްވަން ލިބިވަޑައިގަތީ އެންމެ ކަދުރު އޮށެކެވެ. ކަދުރުއޮށް ދެއްވަވުމުން އޭނާ އެ އޮށް ދެފަޅިއަށް ފަޅާލައި 2 ދަރިންނަށް ކާން ދިނެވެ. އޭނާ އެއްވެސް މިންވަރެއް ނުކައެވެ.  

އެކަމާއި ގުޅިގެން ދަރިންނާއިމެދު މިފަދައިން ޢަމަލުކުރާ މީހުންނާއި ނަރަކައާއި ދެމެދުގައި ލެވޭ ހުރަހަކަށް ނުވަތަ ނަރަކައިން ސަލާމަތްކޮށްދޭނެ ވަސީލަތަކަށް އެކުދިން ވެގެންދާނެކަން ރަސޫލް (ޞޢވ) ގެ މި ޙަދީޘްފުޅުން އެނގިގެންދެއެވެ.

މި ޙަދީޘްފުޅަށްވެސް ވިސްނައިލާށެވެ!

އެނގިގެން މިދަނީ އެންމެ އަނހެން ދަރިއަކު ނަމަވެސް ރަނގަޅު ގޮތުގައި ބަލަހައްޓައި ތަރުބިއްޔަތުކުރުމުން ހަމަ މި މަތިވެރި ނިޢްމަތް ލިބިގެންދާނެ ކަމެވެ. ވީމާ އަނހެން ދަރިން ލިބުމުން ކުރަން އޮތްކަމަކީ އެދަރިން ޒީނަތްތެރިކޮށްގެން މަގުމައްޗަށް ނެރެ ފައިސާ ހޯދުމެއް ނޫނެވެ. ކުރަންވީ ކަމަކީ ދެއްވެވި ނިޢްމަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް