އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަސްޓަމްސް އަށް ލިބުނު އާމްދަނީ މަދުވެ އެކްސްޕޯޓް ކުރި އަދަދުވެސް ދަށަށް ހިނގައްޖެ!

ކަސްޓަމްސް އަށް ލިބުނު އާމްދަނީ މަދުވެ އެކްސްޕޯޓް ކުރި އަދަދުވެސް ދަށަށް ހިނގައްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

މިއަހަރުގެ ނޮވެމްބަރު މަހު ކަސްޓަމްސް އަށް ލިބުނު އާމްދަނީ މަދުވެ ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަދަދުވެސް ވަނީ ދަށްވެފައެވެ.

ފާއިތުވި ނޮވެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހާ އަޅާބަލާއިރު 4 އިންސައްތަ ވަނީ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހު ދިވެހިރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ނޮވެމްބަރ މަހު މި ޢަދަދުވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ވޭތުވެދިޔަ ނޮވެމްބަރ މަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލާއި އެކްސްޕޯޓްކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

މީގެއިތުރުން، ފާއިތުވި ނޮވެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހާ އަޅާބަލާއިރު 01 އިންސައްތަ ވަނީ ދަށްވެފައެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރ މަހު 268 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ނޮވެމްބަރ މަހު މި ޢަދަދުވަނީ 265 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އިމްޕޯޓް/އެކްސްޕޯޓް ތަފާސް ހިސާބު ނޮވެމްބަރ 2019

ތަފްޞީލް ނޮވެމްބަރ 2018

(ދިވެހި ރުފިޔާއިން) ނޮވެމްބަރ 2019

(ދިވެހި ރުފިޔާއިން) އިތުރުވި/ދަށްވި އިންސައްތަ

ދައުލަތަށް ލިބުނު އާމްދަނީ 268 މިލިއަން 265 މިލިއަން 01% ދަށް

އެކްސްޕޯޓް ކުރެވުނު މުދާ (އެފް.އޯ.ބީ އަގު) 454 މިލިއަން 405 މިލިއަން 11% ދަށް

އިމްޕޯޓް ކުރެވުނު މުދާ (ސީ.އައި.އެފް އަގު) 4.2 ބިލިއަން 4.3 ބިލިއަން 4% އިތުރު

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، ޗައިނާ، އަދި އިންޑިއާއެވެ. ޔޫ.އޭ.އީ އިން 819 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 616 މިލިއަން އަދި އިންޑިއާ އިން 510 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. އެންމެ ގިނައިން ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ޤައުމުތަކުގެ ލިސްޓުގެ ކުރިއަށް ފްރާންސް އަރާފައިވަނީ ފާއިތުވިމަހު އެޤައުމުން އެއަރކްރާފްޓް އެތެރެކޮށްފައިވާތީއެވެ. ވޭތުވެދިޔަ ނޮވެމްބަރ މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ޤައުމުތަކުގެ ލިސްޓް ތިރީގައި އެވަނީއެވެ.

2019 ނޮވެމްބަރ މަހު އަގުގެގޮތުން އެންމެ ގިނައިން މުދާ އެތެރެކުރެވުނު އަދި ބޭރުކުރެވުނު ޤައުމުތައް

އަގުގެގޮތުން އެންމެ ގިނައިން އިމްޕޯޓް ކުރި 5 ޤައުމު އަގުގެގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި 5 ޤައުމު

ޔޫ.އޭ.އީ 20% ތައިލޭންޑް 51%

ޗައިނާ 15% ފަރަންސޭސިވިލާތް 11%

އިންޑިއާ 12% ޖަރުމަނުވިލާތް 6%

ފްރާންސް 9% އެމެރިކާ %6

ސިންގަޕޫރު 8% އިނގިރޭސިވިލާތް %5

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް