އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައިކޯޓުގެ އިސް ފަނޑިޔާރަށް މަރުގެ އިންޒާރު ދިން މައްސަލައިގަ މީހަކު ހައްޔަރުކޮށްފި!

ހައިކޯޓުގެ އިސް ފަނޑިޔާރަށް މަރުގެ އިންޒާރު ދިން މައްސަލައިގަ މީހަކު ހައްޔަރުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނަށް މަރުގެ އިންޒާރުދިން މައްސަލަިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 50 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެމީހާ މިއަދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ބުނެއެވެ.

ހައިކޯޓުގެ ފަޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދީފައިވަނީ ޗުއްޓީ ދަތުރުފުޅެއްގައި މާލޭއަތޮޅު މާފުށީގައި ހުންނަވަނިކޮށެވެ.

މިމައްސަލާގައި ހައިކޯޓުން މިއަދު ނުރެނުނު ބަޔާނެއްގައި ބުނެފައިވަނީ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނަށް އިއްޔެ، މަރުގެ އިންޒާރުދީފައިވާތީ އެކަން ދިވެހިރާއްޖޭގެ ހައިކޯޓުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. މިކަމަކީ ޖިނާއީ ކުށަކަށްވާތީ މި އަމަލު ހިންގި ފަރާތް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކަމާބެހޭ ފަރާތްތަކަށް ހައިކޯޓުންވަނީ އިލްތިމާސްކޮށްފައެވެ.

އެއްވެސް މީހެއްގެ ހަށިގަނޑާ ފުރާނައަށް ގެއްލުންދިނުމާއި މަރުގެ އިންޒާރު ދިނުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ. މިއީ ޝުޖާއު އުސްމާނަށް މަރުގެ އިންޒާރުދިން ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާއަށް މަރުގެ އިންޒާރުދީފައިވަނީ އައްޑޫ ސިޓީގައި ހުންނަވަނިކޮށެވެ. މިމައްސަލަވެސް އޭނާވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ