އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައިސެންސް ޓީވީގެ ޑިސްޓްރިބިއުޓާރޝިޕާއިއެކު ރެޑްވޭވުން ޕްރިއޯޑަރއަށް ހުޅުވާލައިފި!

ހައިސެންސް ޓީވީގެ ޑިސްޓްރިބިއުޓާރޝިޕާއިއެކު ރެޑްވޭވުން ޕްރިއޯޑަރއަށް ހުޅުވާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ރެޑްވޭވުން ދުނިޔޭގައި ނަންހިނގާ ބޮޑު ބްރޭންޑެއް  ކަމަށްވާ ހައިސެންސް ކުންފުނިން ސީދާ ރާއްޖެއަށް އިންޕޯރޓްކޮށް ޑިސްޓްރިބިއުޓްކުރުމަށް ހަމަޖައްސައި ޕްރިއޯޑަރ ކުރުމަށްބޭނުންވާ ކަސްޓަމަރުންނަށް އެފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. 

ރެޑްވޭވުން ބުނެފައިވަނީ ޓީވީގެ އަގުގެ %75 ފައިސާދެއްކުމުން އޯޑަރު ކުރެވޭނެ ކަމަށެވެ.  މިގޮތުން ޕްރިއޯޑަރ ކުރައްވާ ޓީވީ އަންނަ އަހަރުގެ ފެބްރިއަރީ މަހުގެ ދެވަނަ ހަފްތާގައި ލިބިވަޑައިގަންނަވާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ހައިސެންސް ޓީވީގެ ތެރޭގައި ލެޑް ހެޖްޑީ، ފުލްއެޖްޑީ އަދި ޔޫލެޑް ޔޫއެޖްޑީގެ އިތުރުން ލޭޒަރ ޓީވީ ހިމެނެއެވެ. އެގޮތުން 32އިންޗި އާއި 100އިންޗީގެ ދެމެދުގެ ސައިޒުގެ ހައިސެންސް ޓީވީ ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ބޮޑެތި އެޕްލަޔަންސް އާއި އިލެކްޓްރޯނިކްސް އުފެއްދުމުގައި 50 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވާ ހައިސެންސް އަކީ ދުނިޔޭގެ ނަންހިނގާ ބްރޭންޑެކެވެ. ހައިސެންސްއަކީ 2018 ވަނަ އަހަރުގެ ފީފާ ވޯރލްޑްކަޕްގެ އޮފިޝަލް ސްޕޮންސަރއެވެ. އަދި 2016 ވަނައަހަރު އަދި ކުރިއަށްއޮތް 2020ވަނަ އަހަރުގެ ޔުއެފާ ޔޫރޯގެ އޮފިޝަލް ޕާރޓްނާރ އެވެ.

ހައިސެންސް ޓީވީ ރެޑްވޭވުން ލިބިވަޑައިގަންނަވާނީ 1 އަހަރު ދުވަހުގެ ވޮރަންޓީއާއި އެކުއެވެ. އަދި ހައިސެންސް ޓީވީގެ ފުލްސާރވިސް ރެޑްވޯވުން ފޯރުކޮށްދޭގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރެޑްވޭވްގެ ހައިސެންސް ޝޯރޫމެއް ވަރަށް އަވަހަށް ހުޅުވިގެންދާނޭކަމަށްވެސް  ރެޑްވޭވުން މައުލޫމާތު ދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް