އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތުހަމަވާން ކައިރިވިއިރު މޭޔަރު އާދަމްމަނިކުގެ އަޑެއް ނުއިވޭތީ ގިނަ ބައެއްގެ ސުވާލުތަކެއް!

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތުހަމަވާން ކައިރިވިއިރު މޭޔަރު އާދަމްމަނިކުގެ އަޑެއް ނުއިވޭތީ ގިނަ ބައެއްގެ ސުވާލުތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ އެމްޑީޕީ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތުހަމަވާން ކައިރިވިއިރު ވެސް މާލެ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމްމަނިކުގެ އަޑެއް ނުއިވޭތީ ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލުތަކާއި ކަންބޮޑުވުން އުފެދިފައެވެ. 

"ސަރަނގު ޢާދަމް މަނިކު ވަނީ މާލޭގެ މޭޔަރެއްގެ ގޮތުގައި ހުންނަވައިގެން ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފަ. މާލޭގެ މަގުތަކުން ފެން ހިނދުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފެށްޓެވި. އެއިރު އެންމެ ބޮޑުވެފައި އޮތް ލޯކަލް މާރުކޭޓުގެ މައްސަލަތައް އެވަގުތައް ޙައްލުކޮށްދެއްވައި ރަނގަޅު ޕްލޭނެއް ކުރެއްސެވި. އަމިއްލަ އާމްދަނީން ސިޓީ ކައުންސިލް ހިންގޭނެ ގޮތްތައް ހޯއްދަވަން މަސައްކަތްކުރެއްވި. ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަކާއި ނުލައި ޢާންމުފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި." ކަމަށް އެއް ބައަކު ބުނެއެވެ. 

"މާލޭގައި ހޮޅި އަޅައި ފަސޭހައިން އަލިފާން ނިއްވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވި. އެކަމަށް އަމަލީ ސިފަ ގެންނަން މަސައްކަތް ކުރެއްވި. އަވަށްތަކަށް ޚާއްޞަ ޞިއްހީ މަރުކަޒުތައް ޤާއިމުކޮށް، އާދައިގެ ކަންކަމުގައި އައިޖީއެމްއެޗަށް ގޮސް އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުމުން ސަލާމަތްކޮށްދެއްވުމަކީ ވެސް އާދަމް މަނިކުގެ އުންމީދެއް. މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް ޚާއްޞަ ޕްލޭންތަކެއް ކުރެއްވި. މާލެއިން ކުދި ބިންކޮޅު ލިބިފައިވާ މީހުންނަށް ހުޅުމާލެއިން ގޯތިދިނުމަށް އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ނިންމި ނިންމުން އެހައި އަވަހަށް ތަންފީޒުކުރެވިގެން ދިއައީ ވެސް އާދަމްމަނިކު އެކަމުގައި އެންމެ އިސް ދައުރެއް ޢަމަލީ ގޮތުން އަދާކުރެއްވުމުން." ކަމަށްވެސް ބައެއް މީހުން ބުނެއެވެ. 

ގިނަ ބައަކު ބުނަނީ އާދަމް މަނިކު ފަދަ ޤާބިލު ބޭފުޅެއްގެ ޚިދުމަތް ލިބިގެން ނޫނީ މާލެއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރަން އުނދަގޫތަކެއް ހުންނާނެ ކަމަށެވެ. "މާލެ ސިޓީ ކައުންސިލުން ދޭން ޖެހޭ ޚިދުމަތްތައް މިހާރަށް ވުރެ ފުރިހަމަ ކުރެވެން އެބަ ޖެހޭ. ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހަމަޖެހެން އެބަ ޖެހޭ. އެކަން ކުރެވޭނީ އިދާރީ އަދި ޢަމަލީ ގޮތުން ޤާބިލު ސަރުދާރަކަށް. ދުރަށް ވިސްނައިގެން ކަންކަން ރާވައި ހިންގުމުގެ ވިސްނުން ހުރި ވިސްނުންތެރިއަކަށް." ކަމަށްވެސް ބައެއް މީހުން ބުނެއެވެ. 

ރައްޔިތުންގެ މިފަދަ ޝުޢޫރުތައް ހުރުމުން އާދަމް މަނިކުގެ ބަސްފުޅެއް ހޯދަން ބަލައިލިއިރު މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުން ވަނީ ބަސްފުޅެއް ލިބޭނެ ގޮތް ނުވެފައެވެ. އާދަމް މަނިކު މާލެސިޓީގެ މޭޔަރުކަމުން އިސްތިޢްފާ ދެއްވީ އެއިރު ކައުންސިލުގައި ތިބި މެންބަރުންގެ ކޮރަޕްޝަން އަމަލުތައް ހުރިގޮތުން އެކަންކަމަށް ތާއީދު ނުކުރެއްވުމުން މަޤާމުގެ ބިރު ދައްކަން ފެށުމުންނެވެ. 

މާލޭގައި ބަހުގެ ޚިދުމަތް ދެއްވަން ފަށްޓަވައި ދެއްވެވިކަން އެއީވެސް އާދަމް މަނިކުގެ މޭޔަރުކަމުގައި ވަރަށް ބުރަ މަސައްކަތުން ފެށްޓެވި ވަރަށް ޚާއްޞަ ޚިދުމަތެކެވެ. އެކަމަށް މިހާރުވެސް ރައްޔިތުން ތިބީ ވަރަށް ބޮޑަށް ކެތް މަދުވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް