އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ ނަސްލީ ހަމަނުޖެހުމެއް ނުފެށެނީސް "މާލެ – ރާއްޖެތެރެ" މީހުންގެ ފޮށުން ހުއްޓާލާ!: އާދަމް ޝަރީފް

ރާއްޖޭގަ ނަސްލީ ހަމަނުޖެހުމެއް ނުފެށެނީސް "މާލެ – ރާއްޖެތެރެ" މީހުންގެ ފޮށުން ހުއްޓާލާ!: އާދަމް ޝަރީފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ރާއްޖޭގައި ނަސްލީ ހަމަނުޖެހުމެއް ނުފެށެނީސް "މާލެ – ރާއްޖެތެރެ" މީހުންގެ ފޮށުން ހުއްޓާލަން މާޑުއްވަރި ދާއިރާގެ މެންބަރު، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެ ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އަޅއިއުޅޭ ހެދުމާ އެއްވަރަށް ވިސްނުމާއި ބުއްދިވެސް ތަހުޒީބުކުރުމަށް ގޮވާލައްވައިފައެވެ. އަދި ދިވެހިރާއްޖެ މިއީ އަހަރެމެން އެންމެންގެ ރާއްޖެ ކަމަށެވެ.

"ރާއްޖޭގަ ނަސްލީ ހަމަނުޖެހުމެއް ނުފެށެނީސް "މާލެ – ރާއްޖެތެރެ" މީހުންގެ ފޮށުން ހުއްޓާލާ! އަޅާ ހެދުމާ އެއްވަރަށް ވިސްނުމާ ބުއްދިވެސް ތަހުޒީބުކުރޭ! މިއީ އަހަރެމެން އެންމެންގެ ރާއްޖެ!" އާދަމް ޝަރީފް

"މާލެ- ރާއްޖެތެރެ" މައްސަލަ ހޫނުވެ ބޮޑެތި ޒުވާބުތައް ކުރެވެމުން އަންނައިރު އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ރަދުން ނުވަތަ ރައީސް މައުމޫނުގެ ހެޔޮފުޅުކަމުން މާލެއިން ބިންކޮޅެއް ލިބުމުން މާލޭ މީހުންގެ ގޮތުގައި ރަޖިސްޓްރީވެގެން ތިބި މީހުންނަށް "އާކުކުޅަކަށް ގާބިހެއް އެޅިގެން" އަޑުލައްވާ އުޞޫލުން އަޑުލައްވަމުން ގެންދާ ކަމެވެ.

ރާއްޖޭގެ ތާރީޚަށް ބަލައިފިނަމަ ރާއްޖެ އަޅުވެތި ކުރެވުނު ކޮންމެ ފަހަރަކު އަޅުވެތިވެފައިވަނީ މާލޭ މީހުންގެ ސަބަބުންނެވެ. ކޮންމެ އަޅުވެތިކަމަކުން ޤައުމު މިނިވަންކޮށްފައިވަނީ ރާއްޖެތެރޭ މީހުންނެވެ. ޤަބޫލުކުރަން ކިތަންމެ އުނދަގޫވި ނަމަވެސް ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވީ އުތީމު މަހާރަދުން ނުވަތަ ބޮޑުތަކުރުފާނެވެ. ހޮޅިންގެ އަތްދަށުން ޤައުމު ސަލާމަތްކުރެއްވީ ހުރާ ދޮންބަންޑާރައިންނެވެ.

ރާއްޖެ އަޅުވެތިވުމުގެ މަގަށް މިހާރު ޤައުމު ގެންދަނީ ވެސް މާލޭ ބައެއްގެ ނުފޫޒުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް