އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝިލްޕާ އާއި ދިޕިކާ ވެސް މިއަހަރު ޓިކްޓޮކްގަ!

ޝިލްޕާ އާއި ދިޕިކާ ވެސް މިއަހަރު ޓިކްޓޮކްގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

އާންމުންގެ ގިނަ ބަޔަކު އެމީހުންގެ އެކްޓު ކުރުމުގެ ހުނަރާއި އެކި ކަހަލަ މެސެޖުތައް ބެލުންތެރިންނަށް ފޯރުކޮށްދެމުން އަންނަ "ޓިކްޓޮކް" އާއި، ބޮލީވުޑްގެ ކުޅަދާނަ ދެ އެކްޓްރެސުން ކަމަށްވާ ޝިލްޕާ ޝެޓީ ކުންދްރާ އާއި ދިޕިކާ ޕަދުކޯން ވެސް ގުޅިއްޖެއެވެ.

މީގެ ފަސް ދުވަސް ކުރިން އާ އަހަރާއި ދިމާކޮށް ޓިކްޓޮކާއި ގުޅުންކަން ޝިލްޕާ އޭނާގެ އިންސްޓަގްރާމްގައި ވެސް އިއުލާން ކޮށްފައިވާއިރު، ހަމަ އެދުވަހު އޭނާވަނީ ފުރަތަމަ ފަހަރަށް ޓިކްޓޮކެއް ވެސް ހަދާފައެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާރުވެސް އޭނާގެ 2.5 މިލިއަން ފޮލޯވަރުން ޓިކްޓޮކް ގައި އެބަ ތިއްބެވެ.

ހެއްވާ މަޖާ، އަދި ބެލުންތެރިން މުނިފޫހިފިލާ ކަހަލަ ވީޑިއޯތަކެއް ޝިލްޕާ ހަދާފައިވާއިރު، އޭނާއާއެކު އޭނާގެ ކޮއްކޮ ޝަމީތާ ޝެޓީ އާއި ފިރިމީހާ ރާޖް ކުންދްރާ ވެސް ވަނީ ޓިކްޓޮކް އާއި ގުޅިފައެވެ.

ޝިލްޕާގެ އިތުރުން، މިހާރު ބޮލީވުޑްގައި އެންމެ މަޝްހޫރު އަދި އަގުބޮޑު އެކްޓްރެސް ކަމަށްވާ ދިޕިކާ ޕަދުކޯން ވެސް ވަނީ ޓިކްޓޮކްގައި ނުހަނު މައްޝޫރުކަމެއް ހޯދާފައެވެ.

އިއްޔެގެ ވަގުތެއްގައި ދިޕިކާ ޓިކްޓޮކާއި ގުޅިފައިވާއިރު، މިހާރުވެސް އޭނާގެ ދެ މިލިއަން ފޮލޯވަރުން ޓިކްޓޮކްގައި އެބަތިއްބެވެ.

ދިޕިކާ ހަދާފައިވާ ޓިކްޓޮކް ވީޑިއޯތަކުގައި، އޭނާ އެންމެ ފަހުން އެކްޓުކޮށްފައިވާ ފިލްމު "ޗަޕާކް" އެމީހަކަށް ނިސްބަތްވާ ލަކްސްމީ އަގަރްވާލް ވެސް ދައްކާލާފައިވެއެވެ. މިމަހުގެ 10 ވަނަ ދުވަހު ޕްރިމިއާރ ކުރުމަށް ހަމަޖެހިފައިވާ "ޗަޕާކް" އަކީ ލަކްސްމީ ގެ ހަޔާތުގެ މައްޗަށް ބިނާ ކޮށްފައިވާ ފިލްމެކެވެ.

އެގޮތުން ނައީމް ކިޔާ މީހަކު 2005 ވަނަ އަހަރު ލަކްސްމީ އަށް ކައިވެނި ހުށަހެޅުމުން އޭނާވަނީ އެހުށަހެޅުން ޤަބޫލު ނުކޮށްފައެވެ. އެކަމުގެ ނުރުހުމުގައި ނައީމް ވަނީ ލަކްސްމީ ބުކްޝޮޕަކަށް ދަނިކޮށް އޭނާގެ މޫނަށް އެސިޑު އުކާ މުޅި މޫނު ފިއްސާލާފައެވެ. ލަކްސްމީގެ ސިފަ އެދުވަހަށްފަހު ބަދަލުވި ނަމަވެސް އޭނާ ވެގެންދިޔައީ ވަރަށް ވެސް ހިތްވަރުގަދަ އަންހެނެއްގެ ގޮތުގައެވެ.

"ޗަޕާކް" ގައި ދިޕިކާ ކުޅެފައިވަނީ ލަކްސްމީގެ ރޯލެވެ. އަދި ދިޕިކާ ވަނީ ލަކްސްމީ އާއެކު ޓިކްޓޮކްތަކެއް ވެސް ހަދާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ