އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީރާނުން ދެވަނަ ފަހަރަށް އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާދީފި

އީރާނުން ދެވަނަ ފަހަރަށް އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

އީރާނުން ދެވަނަ ފަހަރަށް އިރާޤުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާދީފި އެވެ. މިފަހަރުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އިރާޤުގައި ހުރި އެމެރިކާގެ 2 އަސްކަރީ ބޭސްއަކަށެވެ. 

މީގެ 3 ރޭ ކުރިންވެސް އީރާނުން ވަނީ އެއްފަހަރާ 5 ހަމަލާދީފައެވެ. 3 ހަމަލާ ދީފައިވަނީ އަސްކަރީ ބޭސްއަކަށެވެ. 2 ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ އެމެރިކާ އެމްބަސީއަށް އަމާޒުކޮށެވެ. 2 ހަމަލާވެސް ވަނީ އިރާޤުގެ ގްރީން ޒޯނަށް އަރައިފައެވެ.

އީރާނުން މިއަދުވެސް ބުނެފައިވަނީ މިއީ ހަނގުރާމައެއް ފަށަން ދޭ ޙަމަލާ ނޫން ކަމަށާއި ޖެނެރަލް ޤާސިމީ އަވަހާރަކޮށްލުމުން ރައްދުގައި ދެމުން ގެންދާ ޙަމަލާތައް ކަމަށެވެ. 

އީރާނުން ދެމުން ގެންދާ ހަމަލާތަކުގައި އެމެރިކާ ސިފައިން މަރުވަމުންދާ ކަމަށް އީރާނުން ބުނެއެވެ. އިރާޤުގައި ތިބި ކެނެޑާ ސިފައިން ކުވައިތަށް ބަދލކުކުރަން ކެނެޑާއިން މިހާރު ވަނީ ނިންމައިފައެވެ. 

އެމެރިކާ އާ ދުނިޔޭގެ ތާއީދު މިހާރުވެސް ގެއްލިފައިވާ އެމެރިކާގެ ރައީސް ޓްރަމްޕް، އޭނާގެ ބާރު ދައްކަން ހިންގަމުންގެންދާ ޖަރީމާތަކުގެ ސަބަބުން އޭނާގެ ޝަޚްޞިއްޔަތަށް ދަނީ އިތުރު ހުރަސްތައް ކުރިމަތިވަމުންނެވެ. 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް