އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު
ސޫރަތުލްފާތިޙާ (އަލްޙަމްދު) ކިޔަވަން ދަސްކޮށްދިނުމަކީ އެމީހަކަށް ސަވާބު އޮހި އިތުރުވަމުންދާނެ ކަމެކެވެ! ވީމާ މީހަކަށް ނުބައިކޮށް ކިޔެވޭނަމަ ވެސް ތަޖުވީދުމަގު ބުނެދޭށެވެ. ރަނގަޅަށް ކިޔަވަން ދަސްކޮށްދޭށެވެ. އެއިރުން އެމީހަކު ކުރާ ނަމާދުން ތިބާއަށް ދާނީ ސަވާބުލިބެމުންނެވެ. އަދި އެމީހާ އެހެން މީހަކަށް ދަސްކޮށްދީފި ނަމަ އެކަމުން ވެސް ތިބާއަށް ސަވާބު ދެއްވަވާނެތެވެ.
ކޮންމެ މައަކާއި ބަފައަކުވެސް މިކަމަށް ސަމާލުކަން ދޭށެވެ. އެހެނީ:
އަލްޙަމްދު ކިޔަވާއިރު ކިޔަވާއިރު ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް ވެއެވެ. އެއީ 6ވަނަ އާޔަތް ނިންމައިލެވޭ ގޮތެވެ. اهْدِنَا الصِّرَاطَ الْمُسْتَقِيمَ ކިޔަވާއިރު އާޔަތް މ އަކަށް ނިމިފައި އޮތް ނަމަވެސް އެކަމަށް ސަމާލުކަން ނުދިނުމުން ނ އެއްގެ އަޑުން ބައެއް މީހުންނަށް ނިންމައިލެވެއެވެ. މިފަދަ ކަންކަމަމީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަންކަމެވެ. ނަމާދު ޞައްޙަވުން ވަނީ އަލްޙަމްދު ފުރިހަމަކޮށްގެންނެވެ. ވީމާ އެކަމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ވީމާ ކުރެވޭ މިފަދަ ކުށްތައް އިޞްލާޙްކުރާށެވެ!
މިފަދަ ކުށެއް ފާހަގަކުރެވިގެން މީހަކު ބުނެދީފިނަމަ އުފާކުރާށެވެ! ޝުކުރުވެރިކަމާއިއެކު އެކަން ބަލައިގަންނާށެވެ! އަދި އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
11 ޖެނުއަރީ 2020