އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުއްޖާގެ ބައްޕަ ހައްޔަރުކޮށް ދޫނިދޫއަށް!

ކުޑަކުއްޖާގެ ބައްޕަ ހައްޔަރުކޮށް ދޫނިދޫއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 42 ސިކުންތު

ފުލުހުން މިހާރު ބަލަމުން ގެންދާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައަކާއި ގުޅިގެން 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ 108 ނަމްބަރު ބްލޮކުގެ ފްލެޓަކުން ކަމަށެވެ. 

މީޑިއާ ތަކުން ބުނެފައިވަނީ އެއީ 2 އަަހރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި އެކުއްޖާގެ ބައްޕަ ކަމަށެވެ. 

މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރުމަށް ގޮވާލައި ހުޅުމާލޭގައި މިއަދު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އަޑުއުފުލައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު