އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމަދޫ ގޭގޭގެ ކަރަންޓު ބިލަށް އިތުރުކޮށްގެން ފައިސާ ނަގައިފި

ކަމަދޫ ގޭގޭގެ ކަރަންޓު ބިލަށް އިތުރުކޮށްގެން ފައިސާ ނަގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ކަމަދޫގެ ގެތަކުގެ ކަރަންޓް ބިލަށް އަރާ އަދަދަށްވުރެ ގޭގެއަށް ފޮނުވާ ބިލުގައި ފައިސާގެ އަދަދު އިތުރުކޮށްގެން ވައްކަންކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. 

ކަމަދޫ އިން ވާހަކަ ދެއްކި މީހާ ބުނީ ފާއިތުވި 9 މަހެއްހައި ދުވަހު ކަރްންޓްބިލް އާދައާ ޚިލާފަށް ބޮޑުވުމުން ރައްޔިތުން އައީ ކަންބޮޑުވުން ފައުޅުކުރަމުން ކަމަށެވެ. "ވާގޮތެއް ނޭނގިފައި ތިއްބާ މުވައްޒިފް ޗުއްޓީއަށް ދިއުމުން ދެން ޙަހާލުވި މީހާ ކަންކަން ބެލުމުން އެނގުނީ. ގޭގެއިން އިތުރަށް ފައިސާ ނަގާފަ ބިލުގެ އަސްލު އަދަދު އެންޓަރކޮށް އިތުރަށް ނަގާ ފައިސާ ބޭނުންކުރަމުން މުވައްޒިފް އައިސްފައިވަނީ." 

އޭނާ ބުނީ ގިނަ ގޭގެއިން ބިލްތައް ރައްކާކޮށްފައި ނެތުމުން ވައްކަންކުރި އަދަދު އެނގޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އެހެންކަމުން ބަދަލު ހޯދަންވެސް ދަތިތަކެއް އެބަހުރި ކަމަށެވެ.

އެ ރަށު ކައުންސިލުން ވަނީ މިފަދަ މައްސަލައެއް ހިނގައިގެން އުޅޭކަން ވީނިޔުސްއަށް ކަށަވަރުކޮށްދީފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު