އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރުމަވެރިޔާ ހިޝާން އަށް ބަޔަކު ބިރުދައްކާ މަރުގެ އިންޒާރުދީފި!

ދަރުމަވެރިޔާ ހިޝާން އަށް ބަޔަކު ބިރުދައްކާ މަރުގެ އިންޒާރުދީފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

ޚާއްސަ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވަމުން އަންނަ އަދި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ އެމްބެސަޑަރ އަޙްމަދު ހިޝާން އަށް ބަޔަކު ބިރުދައްކާ، މަރުގެ އިންޒާރު ދެމުންގެންދާ ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

މިކަމާއި ގުޅޭ ގޮތުން މީސްމީޑިއާ ޤާނޫނީ ވަކީލު އަލީ ޝާޙް ވިދަޅުވީ. އިއްޔެގެ ވަގުތެއްގައި އޭނާއާއި ހިޝާން އާއި މާލޭ މަގުމަތިން ދިމާވި ކަމަށާއި ދިމާވިއިރު ހިޝާން ހުންނެވީ ވަރަށް ހާސްވެ، ބިރުގެންފައި ކަމަށެވެ. ވަކީލު ޝާހް ވިދާޅުވީ ހިޝާން ރޮވިފައިހުރެ އޭނާ ކައިރިއަށް ގޮސް، ބަޔަކު ހިޝާން އަށް މަރުގެ އިންޒާރުދީ ފަހަތު އަޅުވާލައިގެން އުޅޭ ކަމަށް ވިދާޅުވި ކަމަށެވެ.

ހިޝާން އަށް އިންޒާރުދިން މީހުން ޖެހިގެން ހުރި ގޯޅި ކަންމަތީގައި ތިބިކަމަށް ވިދާޅުވި ކަމަށް ވެސް ޝާހް ވިދާޅުވިއެވެ.

މިފަދަ އެތައް ކަމެއް ހިޝާން އަށް ކުރިމަތިވަމުން އަންނަ ކަމަށާއި ކުރިންވެސް ބަޔަކު އޭނާއަށް އިންޒާރުދިން ކަމަށް ހިޝާން ވިދާޅުވެފައިވެއެވެ. މިމައްސަލަތައް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލު "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ.

މާލެއަށް އުފަން އުމުރުން 48 އަހަރުގެ އަޙުމަދު ހިޝާން ގިނަ މީހުންނަށް އެނގިފައިވަނީ "ހިމޭން މުޒާހަރާގެ ވެރިޔާ" ގެ ގޮތުގައެވެ. މުޖުތަމައުގައި ހުރި މައްސަލަތަކައި ގުޅޭގޮތުން ޝުޢޫރުތައްލިޔެ، ބޯޑުތައް ހިފައިގެން އެކަނިމާއެކަނި މުޒާހަރާ ކުރަނިކޮށް ގިނަބަޔަކަށްވަނީ މީގެ އަހަރުތަކެއް ކުރިން ފެނިފައެވެ.

ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި ހިޝާން ވަނީ އަޑުއުފުލާފައެވެ. ހިޝާންއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙާއްޤުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ސަރުކާރުން ކަނޑައެޅި "ޑިސެބްލިޓީ އެމްބެސެޑަރ" އެވެ.

މީގެއަހަރުތަކެއް ކުރިން ހިޝާން ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އޭނާއަކީ ކުޑައިރުން ފެށިގެން ވެސް މީހުންނަށް އަޅާލާ އޯގާތެރިވަމުން ގެންދެވި ފަރާތެއް ކަމަށާއި އަބަދުވެސް އެޝައުޤު ހުންނަ ކަމަށެވެ. އެކަންކަން އޭނާއަަށް ދަސްވީ އޭނާގެ މައިންބަަފައިންނާއި، އާއިލާ މީހުންގެ އިތުރުން މުދައްރިސުންގެ ފަރާތުން ކަމަށެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ